Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:5 - ކިތާބުލް މުޤައްދަސާ

5 އޭރު އެކަލާނގެ އިބްރާހީމްގެފާނަކަށް އެ ބިމަކުން އެއްވެސް ބައެއް ހިބަކޮށެއް ނުދެއްވާ. އެންމެ ކުޑަވެގެން ފޫޓެއް ހާ މިންވަރު ވެސް އޭރު އަދި އެކަލާނގެ އިބްރާހީމްގެފާނަކަށް ނުދެއްވާ. ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅު ކުރެއްވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް އެބިން ދެއްވާނެ ކަމުގަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މި ފަދައިން ވަޢުދު ކުރެއްވި އިރު އަދި އިބްރާހީމްގެފާނުގެ އެއްވެސް ދަރިކަލަކު ނުވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:5
22 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން.


މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


ތިބާ ބިދޭސީއެއްގެ ގޮތުގައި މިހާރު ވޭތުކުރަމުން ތިޔަ ގެންދާ ކަންޢާނު ސަހަރުގެ މުޅި ބިން ތިބާގެ ދަރިފަސްކޮޅަށް އަބަދުގެ އަބަދަށް ލިބިގެންވާނެ. އެއީ ތިމަންކަލާނގެއީ އެބައިމީހުންގެ ވެސް ކަލާނގެ ކަމުގައިވާތީ.⁠“


”⁠އަހަރެންނަކީ ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެގެން އުޅޭ ބީރައްޓެއްސެއް. އަހަރެންގެ އަނބިމީހާ ފަސްދާނުލާނޭ ބިމެއް އަހަރެންގެ މިލްކިއްޔާތަކު ނެތް. އޭނާ ވަޅުލާނެ ބިންކޮޅެއް އަހަރެންނަށް ވިއްކާ.⁠“


ތިމަންކަލާނގެ އެދިވޮޑިގަންނަވާ ރަށެއްގައި ތިބާ ދިރިއުޅެމުން ގެންދޭ. މިރަށުގައި ތިބާ ކުޑަ ދުވަސްކޮޅަކު މަޑުކުރޭ. މިފަދައިން ތިބާ އަމަލު ކޮށްފިނަމަ ތިމަންކަލާނގެ ތިބާއާއެކުގައި ވޮޑިގެންވެ ތިބާއަށް ރަޙުމަތް ލައްވާނަން. ތިބާގެ ބަފައިކަލުން އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވަޑައިގެންނެވި ފަދައިން މުޅި މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ