މަންދޫބުންގެ މަސައްކަތް 7:46 - ކިތާބުލް މުޤައްދަސާ46 މާތްރަސްކަލާނގެ ރުހިވޮޑިގަތުން ދާއޫދުގެފާނަށް ލިބިވަޑައިގެން ވި. އަދި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅުން އެދިލެއްވީ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށްޓަކައި ތަނެއް ހެދުމަށް. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ޝާއުލް ރަސްކަމުން ބާލުއްވާ ދެން ބަނީއިސްރާއީލުގެ ރަސްކަން ދެއްވީ ދާއޫދުގެފާނަށް. ދާއޫދުގެފާނާއި މެދު މާތްރަސްކަލާނގެ މި ފަދައިން ވަޙީކުރެއްވި. ’ޔައްސާގެ ދަރި ދާއޫދުއަކީ ތިމަންކަލާނގެ އެމީހަކާއި މެދު ހިތްހަމަޖެހިވޮޑިގެންވާ މީހެކޭ. އަދި މިއީ ތިމަންކަލާނގެ ކުރުމަށް އަންގަވާ ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރާނެ ވެސް މީހެކޭ.‘
މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.“