މަންދޫބުންގެ މަސައްކަތް 7:45 - ކިތާބުލް މުޤައްދަސާ45 އަދި މީގެ އެތައް ޒަމާނެއް ފަހުން މި ބިމުގައި ވީ މާތްރަސްކަލާނގެ ކިބައަށް އީމާން ނުވާ ޤައުމުތަކުގެ މީސްތަކުން މި ބިމުން އެކަލާނގެ ފައްސަވާލެއްވި. އަދި ކާބަފައިންގެ ކިބައިން މިލްކުވި މިފޭލިގެ ޔަޝޫޢުގެފާނުގެ ވެރިކަމުގެ ދަށުގައި އެމީހުންނަށް އަލަށް ލިބުނު ބިންތަކުގައި ވެސް ބެހެއްޓުނު. އަދި ދާއޫދުގެފާނުގެ ރަސްކަމާއި ޖެހެންދެން ވެސް އެ ފޭލިގެ އެތަނުގައި ހުރި. အခန်းကိုကြည့်ပါ။ |
ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.