މަންދޫބުންގެ މަސައްކަތް 7:42 - ކިތާބުލް މުޤައްދަސާ42 އެކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ދޫކޮށް ލައްވާ އެމީހުންނަށް ފުރަގަސް ދެއްވި. ދެން އެމީހުން އުޑުގައިވާ ތަރިތަކަށް އަޅުކަން ކުރި. މި ކަންތައް އެ ހިނގައިދިޔައީ ނަބީބޭކަލުންގެ ފޮތްކޮޅުގައި ލިޔެވިގެން ވީ ފަދައިން. ’އޭ ބަނީއިސްރާއީލު މީހުންނޭ. ކަލޭމެން ހަނަފަސް ސަހަރާގެ ބިމުގައި ހޭދަކުރި ސާޅީސް އަހަރު ޤުރުބާންތައް ކޮށް ވެދުންތަކައިގެން އައީކީ ތިމަންކަލާނގެ އަރިހަކަށް ނޫނޭ. အခန်းကိုကြည့်ပါ။ |
އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.