”އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.“