Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:38 - ކިތާބުލް މުޤައްދަސާ

38 އަހަރެމެންގެ މީސްތަކުން އެކުގައި ހަނަފަސް ބިމަށް ގެނެސް އެމީހުންނާއި އެކުގަ އެތާނގައި ވީ މޫސާގެފާނު. އަދި ޠޫރުސީނާ ފަރުބަދައިގައި މާތްރަސްކަލާނގެ މަލާއިކަތާ އެކަލޭގެފާނަށް ދިރިހުރުން ލިބޭ މި ބަސްފުޅުތައް އަހަރެމެންނަށް އަންގައިދިނުމަށްޓަކައި ވިދާޅުވި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:38
26 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.


ހަށިގަނޑަކަށް އެއްކަމެއް ވެސް ހާސިލެއް ނުކުރެވޭނެ. އިންސާނާއަށް ދިރުން ގެނެސްދެނީ ރޫޙުފުޅު. އަހަރެން މިބުނެދީ އިންސާނާއަށް ދިރުން ލިބިދެވޭ ރޫޙުފުޅުގެ ވާހަކަ.


މީގެ ސާޅީސް އަހަރު ފަހުން ޠޫރުސީނާ ފަރުބަދަ ކައިރީގައި އަނދަ އަނދާ ހުރި ގަސްބޮނޑިއެއްގެ ތެރެއިން މަލާއިކަތަކު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި.


މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’⁠ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟⁠‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.


މާތްރަސްކަލާނގެ މަލާއިކަތުން މެދުވެރިކުރައްވާ މޫސާގެފާނަށް އެންގެވި ބަސްފުޅުތައް އެކަލޭގެފާނު ކަލޭމެންނަށް އަންގަވައި ދެއްވި. ނަމަވެސް ކަލޭމެން އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވޭ.⁠“


ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ.


އެހެނީ މަލާއިކަތުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކަކީ ވެސް ޙައްޤު ތެދު ބަސްފުޅުތަކެކެވެ. އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ވެސް އެކަމުގެ ޙައްޤު ސަޒާ ލިބެއެވެ.


މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.


މިހާރު ކަލޭމެން ތިއީ އެދުރުންގެ ގޮތުގައި ތިބެންޖެހޭ މީހުންނެވެ. އެކަމަކު ކަލޭމެންނަށް އަދިވެސް މި ޖެހެނީ މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކުގެ އެންމެ އަސާސީ ކަންތައް ވެސް ބުނެދޭށެވެ. ކަލޭމެންނީ އަދިވެސް ހަރުކާނާ ނުކެވޭ ކިރުބޯ ޅަދަރިންތަކެއް ފަދަ ބައެކެވެ.


މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ