މަންދޫބުންގެ މަސައްކަތް 7:37 - ކިތާބުލް މުޤައްދަސާ37 މޫސާގެފާނު ބަނީއިސްރާއީލު މީހުންނަށް އެންގެވި. ’ބަނީއިސްރާއީލު މީހުންގެ ތެރެއިން އަހަރެން ފަދަ އެހެން ރަސޫލު ބޭކަލަކު މާތްރަސްކަލާނގެ ކަލޭމެންގެ ގާތަށް ފޮނުއްވާނޭ. އެކަލޭގެފާނީ ކަލޭމެން ފަދަ ބަނީއިސްރާއީލު މީހަކު ކަމުގައި ވާނޭ.‘ အခန်းကိုကြည့်ပါ။ |
އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.“