Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:36 - ކިތާބުލް މުޤައްދަސާ

36 އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:36
38 ပူးပေါင်းရင်းမြစ်များ  

އެ ދުވަހަކީ މާތްރަސްކަލާނގެ ފައުޖުތައް މިޞްރުގައި އުޅޭތާ ހަތަރުސަތޭކަ ތިރީސް އަހަރު ފުރުނު ދުވަސް ވެސް މެއެވެ.


ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު ކަނޑާ ދިމާއަށް އުފުއްލަވައިފިއެވެ. އަދި އެއާއެކު މާތްރަސްކަލާނގެ އިރުމަތިން ގަދަވައެއް ފޮނުއްވައިފިއެވެ. މުޅިއެރޭގެ ހަތަރުދަމު އެހެން ވައިޖެހެމުންގޮސް ކަނޑު ތިލަވެ ހިކިފަސްތަނެއް ހެދިއްޖެއެވެ. ކަނޑު ދެބައިވެއްޖެއެވެ!


ބަނީ އިސްރާއީލީން ސާޅީސް އަހަރުފަހުން އެމީހުންގެ ބިމަށް އައިސް ވަޒަންވެރި ވަންދެން ކައިއުޅުނީ މަންނާ އެވެ. އެމީހުން ކަންޢާނުގެ ސަރަހައްދާ ހަމަޔަށް އާދެވެންދެން އެ ކެއުން ކައި ހެދިއެވެ.


އެހެންކަމުން އަހަރެންގެ އަތް އުފުލާ ޖަހައި މިޞްރު މީހުން ބިރުން ފިތްކަނޑައިގެންދާ ފަދަ ގަދަފަދަ މުޢުޖިޒާތްތަކެއް ދައްކާނަން. އޭގެ ފަހުން އެ ރަސްގެފާނު ކަލޭމެން ދިއުމުގެ ހުއްދަދެއްވާނެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭމެން މިޞްރުން އައި އެންމެން ދެން ދާން އުޅޭ. އަހަރެން އިބްރާހީމް އަށާއި އިސްޙާޤަށާއި ޔަޢުޤޫބަށް ދޭން ވަޢުދު ކުރި ބިމަށް ކަލޭމެން ދަތުރުކުރޭ! އަހަރެން އެމީހުން ގާތު ބުނެފައިވާނެ އެމީހުންގެ ދަރިކޮޅަށް އެ ބިން ދޭނަމޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޢުޖިޒާތްތަކާއި އަލާމާތްތައް ނުފެންނަނީސް ކަލޭމެން އަހަރެން ގަބޫލުކޮށް އީމާނެއް ނުވާނެ.⁠“


އެކަލާނގެ އެމީހުން ކުރި ހުރިހާ ކަމަކަށް ސާޅީސް އަހަރުވަންދެން ހަނަފަސް ބިމުގެ ތެރޭގައި ކެތްތެރިވެ ވޮޑިގެންވި.


އެކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ދޫކޮށް ލައްވާ އެމީހުންނަށް ފުރަގަސް ދެއްވި. ދެން އެމީހުން އުޑުގައިވާ ތަރިތަކަށް އަޅުކަން ކުރި. މި ކަންތައް އެ ހިނގައިދިޔައީ ނަބީބޭކަލުންގެ ފޮތްކޮޅުގައި ލިޔެވިގެން ވީ ފަދައިން. ’⁠އޭ ބަނީއިސްރާއީލު މީހުންނޭ. ކަލޭމެން ހަނަފަސް ސަހަރާގެ ބިމުގައި ހޭދަކުރި ސާޅީސް އަހަރު ޤުރުބާންތައް ކޮށް ވެދުންތަކައިގެން އައީކީ ތިމަންކަލާނގެ އަރިހަކަށް ނޫނޭ.


ކަލޭމެން ބޯހަރު ނުކުރާށެވެ! ސަހަރާގެ ތެރޭގައި އިމްތިޙާނު ކުރެވުނު ކަލޭމެންގެ ކާބަފައިން ވީފަދައިން ދެކޮޅުވެރި ނުވާށެވެ.


އެހެނީ ސާޅީސް އަހަރުވަންދެން އެމީހުން ތިމަންކަލާނގެ ކެތްތެރިކަން އަޖުމަބަލަމުން ދިޔައެވެ. އެއީ ސާޅީސް އަހަރު ވަންދެން ތިމަންކަލާނގެ މުޢުޖިޒާތްތައް އެމީހުންނަށް ފެންނަމުން ދިޔަ އިރު ވެސް މެއެވެ.


އެ ޢަހުދުނާމާއަކީ އެމީހުންގެ ކާބަފައިންގެ އަތުގައި ހިއްޕަވައިގެން ތިމަންކަލާނގެ އެމީހުން މިޞްރުން ބޭރުކުރެއްވި ދުވަހު ކުރެވުނުފަދަ ޢަހުދުނާމާއެއް ނޫނެވެ. އެ ޢަހުދުނާމާއަށް އެމީހުން ވަފާތެރިކަން މަތީ ދެމިއެއް ނުތިއްބެވެ. އެހެންކަމުން ތިމަންކަލާނގެ އެމީހުންނަށް ފުރަގަސްދެއްވީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ