Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:35 - ކިތާބުލް މުޤައްދަސާ

35 މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’⁠ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟⁠‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:35
32 ပူးပေါင်းရင်းမြစ်များ  

ދެން ބަނީ އިސްރާއީލީންނަށް މަގުދައްކަވަމުން ވަޑައިގެންނެވި މާތްކަލާނގެ މަލާއިކަތާ އެ ލަޝްކަރުގެ ފުރަގަހަށް ވަޑައިގެންފިއެވެ. އަދި ވިލާގެ ތަނބު ވެސް ކުރިމަތީގައި ހުރެފައި އެ މީހުންގެ ފުރަގަހަށް އައިސް ހުއްޓިއްޖެއެވެ.


ފަތިސްދަމަށް އެޅުނުތަނާ މާތްރަސްކަލާނގެ އަލިފާނާއި ވިލާގެ ތަނބުގެ ތެރޭން މިޞްރު މީހުންގެ މައްޗަށް ބައްލަވާ ވޮޑިގެން އެމީހުންގެ ލަޝްކަރު އޮޅުން ބޮޅުންވާނެހެން ހައްދަވައިފިއެވެ.


އެމީހާ ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ކަލޭ ވެރި ކުރުވައި ފަނޑިޔާރުކަން ދިނީ ކާކު؟ ކަލޭ ތިޔަ އުޅެނީ އިއްޔެގަ އެ މިޞްރު މީހާ މަރާލިހެން އަހަރެން ވެސް މަރާލަންތަ؟⁠“ މޫސާގެފާނު ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠އަހަރެން ކުރި ކަންތައް އެންމެންނަށް އެނގިއްޖެ.⁠“


މިހާރު ދޭ. ގޮސް އަހަރެން އެންގި ތަނަށް އެމީހުން ގެންދޭ. ނިކަން ބަލާ! އަހަރެންގެ މަލާއިކަތާ އެ ދަނީ ކަލެއަށް މަގު ދައްކައިދޭން. އަހަރެން ހިސާބު ބަލަން އެމީހުން އެއްކުރާ ދުވަހަކުން ފާފަ ކުރި މީހުން އެކަމަށް ޒިންމާ ކުރުވާނަން.⁠“


ކަލޭމެން ދާން ވާއިރަށް އެ ބިންތަކުން ކަންޢާނީންނާއި އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީން ނެރުމަށް އަހަރެންގެ މަލާއިކަތު ފޮނުވާނަން.


މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު: މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ، ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ. އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.⁠‘


އޭނާގެ ރައްޔިތުން އޭނާއަށް ނަފްރަތު ކުރޭ. އަދި އެމީހުން އޭނާގެ ފަހަތުން ވަފުދެއް ފޮނުވާ އޭނާ އެމީހުންގެ މައްޗަށް ރަސްކަންކުރުމަށް ބޭނުން ނުވާ ކަމުގައި އެންގި.


އެމީހުން ހަޅޭއްލަވައިގެންފައި ބުންޏެވެ. ”⁠ނޫން، ނޫން، މިމީހާއެއް ނޫން! ބައްރަބާސް މިނިވަންކޮށްދެއްވާ!⁠“ މި ބަރައްބާސް އަކީ ބާޢީއެކެވެ.


އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!⁠“ ޕިލާތުސް ބުންޏެވެ. ”⁠ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟⁠“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”⁠ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!⁠“


އެހެން ކަމުން ބަނީއިސްރާއީލުގެ އެންމެންނޭ، ކަށަވަރުވެ ދެނެގަނޭ. ކަލޭމެން ސަލީބަށް ނަގާ މަރާލި އީސާގެފާނު އެއީ މާތްރަސްކަލާނގެ ފޮނުއްވި މާތްސާހިބާ އަލްމަސީޙު.⁠“


މޫސާގެފާނު ބަނީއިސްރާއީލު މީހުންނަށް ވިދާޅުވި. ’⁠މަތިވެރި ސާހިބުވަންތަ ރަސްކަލާނގެ އަހަރެން ފަދައިން އެހެން ރަސޫލަކު ހަމަ އަހަރެމެންގެ ތެރެއިން ހޮއްވަވާ، ކަލޭމެންގެ ކައިރިއަށް ފޮނުއްވާނެއޭ. އެކަލޭގެފާނުގެ ބަސްފުޅުތައް ކަލޭމެން ފަރުވާތެރިކަމާއި އެކު ކަނުލާ އަޑުއަހާށޭ.


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


މީގެ ސާޅީސް އަހަރު ފަހުން ޠޫރުސީނާ ފަރުބަދަ ކައިރީގައި އަނދަ އަނދާ ހުރި ގަސްބޮނޑިއެއްގެ ތެރެއިން މަލާއިކަތަކު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި.


އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.


އަލްމަސީޙަކީ އަހަރެމެންނަށް ފެންނަން ހުރި ޣައިބުގައި ވޮޑިގެންވާ މަތިވެރިކަލާނގެ ޒާތުފުޅެވެ. އަދި އެންމެހާ ތަކެތި ޚަލްޤުކުރެއްވުމުގެ ކުރީގައި އެދަރިކަލުން ވޮޑިގެންވެއެވެ. އެކަލޭގެފާނަކީ އެކަލާނގެ އުފެއްދެވި ހުރިހާ ތަކެއްޗެއްގެ މަތިން އަރާހުރި އަދި އެހުރިހާ ތަކެއްޗަކަށް ބާރުހިނގާ ފަރާތެކެވެ.


އެހެނީ މަލާއިކަތުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކަކީ ވެސް ޙައްޤު ތެދު ބަސްފުޅުތަކެކެވެ. އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ވެސް އެކަމުގެ ޙައްޤު ސަޒާ ލިބެއެވެ.


އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.


އެކަމަކު ނުރުހުންތެރިވި ބައެއް މީހުން ބުންޏެވެ. ”⁠މީނާއަށް އަހަރެމެންނަށް ރައްކާތެރިކަން ދެވިދާނެތަ.⁠“ އެމީހުން ޝާއުލްއާ ނުރުހުންތެރި ވިއެވެ. އަދި ވެދުން ހުށަހެޅުމަކަށް އެމީހުންނެއް ނައައެވެ. ޝާއުލްގެފާނު އެނގިވަޑައިގަންނަވާ ކަމަކަށް ވެސް ނުހެއްދެވިއެވެ.


ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެން ކަލޭމެންގެ ކާބަފައިން އެތަނުގައި އުޅުއްވަނިކޮށް މިޞްރުމީހުންގެ ދުއްތުރާ ބޮޑުވެގެން މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނު މެދުވެރިކޮށް އެމީހުން ސަލާމަތް ކުރައްވައި މިތަނަށް ގެންނެވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ