Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:32 - ކިތާބުލް މުޤައްދަސާ

32 ’⁠މިއީ ތިމަންކަލާނގެ. ކަލޭގެފާނުގެ ކާބަފައިން ކަމުގައިވާ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެ.⁠‘ މޫސާގެފާނަށް އެ އަޑުފުޅު އިވުމުން ބިރުން ގޮސް ރޫރޫއަޅަން ފެށި. އަދި އިތުރަށް އިސް އުފުލާ އެދިމާއަށް ބަލާލަން ވެސް ނުކެރުނު.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:32
23 ပူးပေါင်းရင်းမြစ်များ  

އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.⁠“


އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠އިސްރާއީލީންގެ ގާތުގައި ބުނޭ: ’⁠އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.⁠‘


އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.⁠“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.


އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.⁠“


ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.⁠“


އީސާގެފާނުގެ އަސްޙާބީންނަށް މި އަޑު އިވުނު ހިނދު އެބޭކަލުން ބިރުގަނެގެން ބަންޑުން ބިންމައްޗަށް ވެއްޓުނެވެ.


މާތްރަސްކަލާނގެ ވަޙީކުރައްވާފައިވޭ. ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ވެސް އަޅުކަންކުރާ ރަސްކަލާނގެ އޭ.⁠‘ މާތްރަސްކަލާނގެއީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން. އެކަލާނގެއީ ދިރިތިބި މީހުންގެ ކަލާނގެ.⁠“


އީސާގެފާނުގެ އެ ސުވާލަށް އެއްވެސް މީހަކަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އަދި އެދުވަހަށް ފަހު އެކަލޭގެފާނާއި އިތުރަށް ސުވާލެއް ކުރެވޭހާ ހިތްވަރެއް އެބައިމީހުންނަށް ލިބިގެން ނުވިއެވެ.


ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.⁠“


އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.


އެމަލާއިކަތާ ފެނިވަޑައިގަތުމުން ވީ ހައިރާނުގެ ސަބަބުން މޫސާގެފާނު ރަނގަޅަށް ބައްލަވާލެއްވުމުގެ ގަސްތުގައި ތަން ކޮޅެއް ކައިރިއަށް ޖެހިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް އިވި ވަޑައިގަތީ މަތިވެރި މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގެ އަޑުފުޅު.


އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ. އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.


އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ