މަންދޫބުންގެ މަސައްކަތް 7:30 - ކިތާބުލް މުޤައްދަސާ30 މީގެ ސާޅީސް އަހަރު ފަހުން ޠޫރުސީނާ ފަރުބަދަ ކައިރީގައި އަނދަ އަނދާ ހުރި ގަސްބޮނޑިއެއްގެ ތެރެއިން މަލާއިކަތަކު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި. အခန်းကိုကြည့်ပါ။ |
މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު: މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ، ’ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ. އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.‘
މޫސާގެފާނު ވެސް މަރުވުމަށް ފަހު މީހުން ދިރުއްވޭނެ ކަން އެންގެވި. އެއީ އެކަލޭގެފާނު ހުޅުހިފާފާ ވީ ނަމަވެސް އެގަހެއް އަނދައިގެން ނުދިޔަ ގަހުގެ ވާހަކަ ވިދާޅުވެ ދެއްވި އިރު މަތިވެރި މާތްރަސްކަލާނގެއަށް އިބްރާހީމްގެފާނުގެ ކަލާނގެއޭ، އިސްޙާޤުގެފާނުގެ ކަލާނގެއޭ އަދި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ މުޚާޠަބު ކުރެއްވި.
މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.