މަންދޫބުންގެ މަސައްކަތް 7:27 - ކިތާބުލް މުޤައްދަސާ27 މިއަޑުއަހާ އެދެމީހުންގެ ތެރެއިން ފުރަތަމަ ޒުވާބު ފެށި މީހާ މޫސާގެފާނު ކޮއްޕާލާފައި ބުނި. ’ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ޢައްޔަން ކުރީ ކާކު ހޭ؟ အခန်းကိုကြည့်ပါ။ |
އީސާގެފާނު ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެތަނުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަން ފެއްޓެވި ހިނދު، ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރަން ފެށިއެވެ. ”މިކަންތައްތައް ކުރުމަށް ކަލެއަށް އޮތީ ކޮން އަމުރެއް؟ އެ އަމުރު ކަލެއަށް ދިނީ ކޮންފަރާތަކުން؟“
މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.