މަންދޫބުންގެ މަސައްކަތް 7:25 - ކިތާބުލް މުޤައްދަސާ25 މޫސާގެފާނު ހީފުޅު ކުރެއްވީ އެކަލޭގެފާނު މެދުވެރިކުރައްވާ މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން މިނިވަން ކުރައްވަން އުޅޭކަން ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުންނަށް ވެސް އެނގޭނެ ކަމުގަ. ނަމަވެސް އެމީހުންނަކަށް މި ކަމެއް ނުވިސްނުނު. အခန်းကိုကြည့်ပါ။ |
ނަމަވެސް އެކަލޭގެފާނު މި ވިދާޅުވި އެއްޗެއްގެ މާނައެއް އަސްޙާބީންނަކަށް ނުވިސްނުނެވެ. އެމީހުންނަށް އެބަސްފުޅުތަކުގެ މާނަ ވަނީ ފޮރުވިގެންނެވެ. އެހެންކަމުން އެ މީހުންނަށް މި ބަސްފުޅުތަކުގެ މާނަ ވިސްނައި ގަންނަށް ނޭނގުނީއެވެ. މި ބަސްފުޅުތަކުގެ މާނައަކީ ކޮބައިތޯ އެކަލޭގެފާނުގެ ކިބައިން އަހާ އޮޅުން ފިލުވުމަށް އެމީހުން ތިބީ ޖެހިލުންވެފައެވެ.
ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.
އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.
އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.
އަނެއްދުވަހު ބަނީއިސްރާއީލުގެ ދެމީހަކު އެކަކު އަނެކަކާ ޒުވާބުކޮށް ތަޅާ ފޮޅަނިކޮށް މޫސާގެފާނު ދެކެވަޑައިގަތް. އެ ހިނދު އެދެމީހުން ސުލްޙަ ކުރެއްވުމަށްޓަކައި މޫސާގެފާނު ވިދާޅުވި. ’އޭ ބަލަ ކަލޭމެން ދެމީހުން ތިޔައީ ދެ އަޚުންނެއް ނޫން ހޭ؟ ވީއިރު ކަލޭމެން ދެމީހުން ތިޔަ ހާ ނުބައިކޮށް އެކަކު އަނެކަކާ ދޭތެރޭ ތިޔަ ކަން ކުރަނީ ކީއްވެ ހޭ؟‘
ދެން މީސްތަކުން ދެންނެވިއެވެ. ”އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.