Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:24 - ކިތާބުލް މުޤައްދަސާ

24 އެދުވަހު މޫސާގެފާނަށް މިޞްރުގެ މީހަކު ބަނީއިސްރާއީލު މީހަކަށް އަނިޔާކޮށް ނިކަމެތިކޮށް ކަން ކުރާ ތަން ފެނިވަޑައިގަތް. އެކަލޭގެފާނު އެ ބަނީއިސްރާއީލު މީހާ ސަލާމަތްކޮށް އޭނާއަށް އަނިޔާދިން މީހާ މަރާލި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:24
7 ပူးပေါင်းရင်းမြစ်များ  

އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ.


މޫސާގެފާނު ދެކޮޅު ހޯދާ ބައްލަވާފައި މީހަކު ފެންނަން ނެތްކަން އެނގިވަޑައިގަތުމުން އެ މިޞްރު މީހާއަށް ހަމަލާދީ މަރާލައްވައިފިއެވެ. ދެން އެކަލޭގެފާނު އޭނާ ވެލިގަނޑުގައި ވަޅުލައްވައިފިއެވެ.


މޫސާގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅުގައި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން ކަމުގައި ވީ ބަނީއިސްރާއީލު މީހުންގެ ކަންތައްތައް ހުރިގޮތާއި އެމީހުންގެ ހާލު ބައްލަވާލެއްވުމަށް އެކަލޭގެފާނު އެމީހުންގެ ގާތަށް ޒިޔާރަތް ކުރެއްވުމަށް ގަސްތު ކުރެއްވި.


މޫސާގެފާނު ހީފުޅު ކުރެއްވީ އެކަލޭގެފާނު މެދުވެރިކުރައްވާ މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން މިނިވަން ކުރައްވަން އުޅޭކަން ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުންނަށް ވެސް އެނގޭނެ ކަމުގަ. ނަމަވެސް އެމީހުންނަކަށް މި ކަމެއް ނުވިސްނުނު.


އިއްޔެގަ އެ މިޞްރުގެ މީހާ މަރާލި ހެން ތި އުޅެނީ އަހަރެން ވެސް މަރާލަން ހޭ؟⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ