މަންދޫބުންގެ މަސައްކަތް 7:23 - ކިތާބުލް މުޤައްދަސާ23 މޫސާގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅުގައި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން ކަމުގައި ވީ ބަނީއިސްރާއީލު މީހުންގެ ކަންތައްތައް ހުރިގޮތާއި އެމީހުންގެ ހާލު ބައްލަވާލެއްވުމަށް އެކަލޭގެފާނު އެމީހުންގެ ގާތަށް ޒިޔާރަތް ކުރެއްވުމަށް ގަސްތު ކުރެއްވި. အခန်းကိုကြည့်ပါ။ |
ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.
އެހެނީ މާތްރަސްކަލާނގެ ވަނީ އެރަސްރަސްކަލުންގެ ވިސްނުމުގެ ތެރެއަށް އެކަލާނގެ ރޭވުންތައް އަޅުއްވާފައި. އެއީ އެރަސްރަސްކަލުންނަށް ލިބިފައިވާ ބާރާއި އަމުރުވެރިކަން ގަދަ ރަތްކުލައިގެ ދާއްބައަށް ދޭން ބޭނުންވާނެ ގޮތަށް. ވީމާ މާތްރަސްކަލާނގެ ބަސްފުޅުތައް ފުރިހަމަ ވަންދެން އެގޮތަށް އެރަސްރަސްކަލުން އަމަލުކުރާނެ.