20 މޫސާގެފާނު ވެސް އުފަންވީ މި ދުވަސްވަރު. އެކަލޭގެފާނު ވީ ވަރަށް ވެސް ރީތި ކުއްޖަކު ކަމުގަ. އެކަލޭގެފާނުގެ މައިންބަފައިން ތިން މަސް ވަންދެން އެކަލޭގެފާނު ބެލެހެއްޓި.
މޫސާގެފާނުގެ މައިންބަފައިންގެ ހުރި އީމާންކަމުގެ ސަބަބުން އެކަލޭގެފާނު އުފަންވުމަށް ފަހު ތިން މަސް ވަންދެން ފޮރުވައިގެން ގެންގުޅުނެވެ. އެކުއްޖާގެ ރީތިކަން ފެނި ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމަކަށް އެ މައިންބަފައިން ޖެހިލުމެއް ނުވިއެވެ.
ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.“