ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާގެ ހުރިހާ އެންމެންނަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަބައިމީހުން މިތަނުގައި ތިބި ޚަބަރު އަހަރެން ގޮސް ރަސްގެފާނަށް ދަންނަވާނަން. އަހަރެން މިފަދައިން ދަންނަވާނަމު. ’އަހަރެންގެ އަޚުންނާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާ ކަންޢާނު ދޫކުރައްވައި އަހަރެންނާއި އެކުގައި ދިރިއުޅުމަށްޓަކައި މި ރަށަށް އަތުވެއްޖެޔޭ.