Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 6:9 - ކިތާބުލް މުޤައްދަސާ

9 ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 6:9
27 ပူးပေါင်းရင်းမြစ်များ  

މީހުންނާއި މެދު ސަމާލުވޭ. ސަބަބަކީ އެބައިމީހުން ތިޔަބައިމީހުން ހައްޔަރުކޮށް ކޯޓަށް ގެންދާނެ. އަދި އެބައިމީހުންގެ ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ޗާބޫކުން ތަޅާނެ.


އެހެންވެ އަހަރެން ކަލޭމެންގެ ކައިރިއަށް ނަބީބޭކަލުންނާއި، ޙިކުމަތްތެރިންނާއި އަދި ދީނުގެ ދަންނަބޭކަލުން ފޮނުއްވާނަން. އޭގެތެރެއިން ބައެއް ބޭކަލުން ކަލޭމެން ގަތުލުކޮށް އަދި ސަލީބަށް އަރުވާނެ. އަދި އަނެއްބައި ބޭކަލުންގެ ގައިގާ ކަލޭމެންގެ ދީނީ މަރުކަޒުތަކުގައި ހަންމުށިން ތަޅާނެ. އަދި އެމީހުން އެއްސަހަރުން އަނެއް ސަހަރަށް ފައްސާނެ.


އެކަލޭގެފާނު ސަލީބަށް އެރުވުމަށް ޓަކައި ގެންދެވުނު މަގުމަތީގައި ޒައިރީން ރަށުގެ ޝަމްއޫނުއޭ ކިޔާމީހަކާ ދިމާވިއެވެ. ދެން ސިފައިން އޭނާއަށް މަޖްބޫރުކޮށްގެން އީސާގެފާނުގެ ސަލީބު އޭނާ ލައްވާ އުފުލިއެވެ.


ސަމާލުވޭ! ތިޔަބައިމީހުން ފަޅާއަރުވައި ކޯޓުތަކަށް ގެންދެވޭނެ. ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ހައްދު ޖެހޭނެ. އަހަންނާ ހެދި ތިޔަބައިމީހުން ގަވަރުނަރުންނާއި ރަސްރަސްކަލުންގެ ކުރިމައްޗަށް ގެންދެވޭނެ. އެއީ އެބައިމީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރުގެ ހެއްކެއްގެ ގޮތުން.


އެކަމަކު މިހުރިހާ ކަންތައް ވުމުގެ ކުރިން އެމީހުން ކަލޭމެންނަށް އުނދަގޫތައް ކޮށް އަނިޔާތައް ދޭނެ. އެމީހުން ކަލޭމެން ދީނީ މަރުކަޒު ތަކަށާއި ޖަލުތަކަށް ގެންދާނެ. އެމީހުން ކަލޭމެން ރަސްކަލުންނާއި ގަވަރުނަރުންގެ ކުރިމައްޗަށް ގެންދާނެ. މިހުރިހާ ކަމެއް ވެސް އެމީހުން ކަލޭމެންނަށް ކުރާނީ އަހަރެންގެ ސަބަބުން.


ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ.


އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


ބަނީއިސްރާއީލުގެ ވެރިންނަށް މި ތަނަށް އެއްވެފައިވާ މީހުންގަނޑު ފެނުމުން ވަރަށް ހަސަދަވެރިވިއެވެ. އަދި ޕައުލް ދެރަކޮށް ދަށްކޮށްލުމަށް ވާހަކަދެއްކިއެވެ. އަދި އޭނާ ބުނި ކޮންމެ ބަހަކާއި އިދިކޮޅު ހަދާ ވާހަކަދެއްކިއެވެ.


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.


ޕައުލް އާއި އޭނާގެ އެކުވެރިން ފަރީޖިޔާއާއި ގަލާތިޔާގެ ސަރަހައްދުގެ ތެރެއިން ދަތުރުކޮށް ދިޔައެވެ. އެއީ މާތްރޫޙުފުޅު އެމީހުންނަށް އޭޝިޔާގެ ހިސާބުތަކުގައި ދިންނެވުމުގެ ޚަބަރުފުޅު ދިނުމަށް ހުއްދަ ނުދެއްވުމުންނެވެ.


އެދުވަސްވަރު އަޕޯލޮސް އޭކިޔުނު ބަނީއިސްރާއީލު މީހަކު އެފޭސުސް އަށް އައެވެ. އޭނާ އުފަންވީ މިޞްރުގެ އިސްކަންދަރިއްޔާގައެވެ. މީނާއަކީ ވާހަކަދެއްކުމުގެ ހުނަރަށް ކުޅަދާނަ އަދި މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ވެސް ރަނގަޅަށް ކިޔަވައިގެން ހުރި މީހެކެވެ.


ޕައުލް މި ގޮތަށް ދެ އަހަރު ދުވަސް ވަންދެން އެތާނގައި މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އެހެންކަމުން މުޅި އޭޝިޔާގެ ސަރަހައްދުގެ ބަނީއިސްރާއީލު މީހުންނަށާއި އަދި ގުރީކު މީހުންނަށް ވެސް މާތްސާހިބާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު އިވުނެވެ.


ތިޔަ އެންމެންނަށް ވެސް އަޑު އިވި އެނގިފައި ވާނޭ ފަދައިން މި ޕައުލް އޭ ކިޔުނު މީހާ އެންމެން ކާރީ ބުނަމުން އެދަނީ އަތުން ހަދާފައިވާ ކަލާނގެތަކަކީ ކަލާނގެއެއް ނޫން ކަމުގައޭ. އަދި މި ކަންތައްތައް މި ފަދައިން ވަމުން ދަނީ ހަމައެކަނި އެފޭސުސްއަކު ނޫނޭ. މުޅި މި ސަރަހައްދުގައި ވެސް މި ކަންތައްތައް މި ފަދައިން ފެތުރެމުން އެބަދެއޭ.


ދެން މި ކަންތައްތައް ކުރަން ޖެހޭ ދުވަސްތައް ކަމަށްވާ ހަތްދުވަސް ނިމެން ކައިރިވެފައި ވަނިކޮށް އޭޝިޔާގެ ބަނީއިސްރާއީލު ބަޔަކަށް ޕައުލް ބައިތުލް މަޤްދިސްގެތެރެއިން ފެނުނެވެ. އެމީހުން މީސްތަކުން ޕައުލްއާއި ދެކޮޅު ކުރުވާ ހަމަނުޖެހުން އުފައްދާ ޕައުލް ހިފެހެއްޓިއެވެ.


ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠ނޫނޭ. އަޅުގަނޑަކީ ސިލީސިޔާގެ މުހިންމު ރަށް ކަމުގައި ވާ ތަރުސުސް އަށް އުފަންވެފައިވާ ބަނީއިސްރާއީލު މީހެއް. އަޅުގަނޑު މިމީހުންނާއި ވާހަކަދެއްކުމަށް ހުއްދަ ދެއްވާ.⁠“


ނަމަވެސް އަޅުގަނޑު މާތް ސާހިބާއަށް ދެންނެވީން. ’⁠އެތައް ދީނީ މަރުކަޒުތަކެއްގައި އަޅުގަނޑު މާތް ސާހިބާއަށް އީމާންވެގެން ތިބި މީހުންނަށް އަނިޔާކޮށް ހައްޔަރުކޮށް ހެދިކަން މި ރަށުގެ އެންމެންނަށް ވެސް އެނގޭނޭ.


ޕައުލް ބުންޏެވެ. ”⁠އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަޅުގަނޑު ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން.


ގަވަރުނަރު ފެލިކުސް އެ ސިޓީ ވިދާޅުވުމަށް ފަހު ޕައުލް އަކީ ކޮން ރަށެއްގެ މީހެއްތޯ އަހާ ސުވާލު ކުރެއްވިއެވެ. އޭނާއަށް ޕައުލް އަކީ ވަރަށް ދުރު ރަށެއްކަމުގައިވާ ސިލީސިޔާގެ މީހެއްކަން އެނގުމުން ވިދާޅުވިއެވެ.


އަޅުގަނޑާއި މެދު ދަޢުވާކުރާ މީހުން ބައިތުލް މަޤްދިސްގައި އަޅުގަނޑު ސާފުތާހިރު ވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކުރަނިކޮށް ދެކޭނެ. އެތާކު އަޅުގަނޑުގެ ވަށައިގެން މީހުން އެއްވެފައެއް ނުވޭ. އަދި އެތާކު އެއްވެސް ހަމަނުޖެހުމަކާ ބަޣާވާތެއް ވެސް ނުހިނގާ.


އަދި ދީނީ މަރުކަޒުތަކުގައި އޭގެ ތެރެއިން އެތައް ބަޔެއްގެ ގައިގައި ހަންމުށިން ތެޅުމަށް ވެސް އެންގިން. އަދި އެ ގޮތުން އެމީހުން ލައްވާ އީސާގެފާނާއި ދެކޮޅަށް ވާހަކަ ދައްކުވަން އަޅުގަނޑު މަސައްކަތް ކުރީން. އަޅުގަނޑު އެމީހުންނަށް ކުރާ ނަފްރަތުގެ ބޮޑުކަމުން އީސާގެފާނަށް އީމާންވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނުމަށް އެހެން ރަށްރަށަށް ވެސް ދިޔައިން.⁠“


ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކޮށް އިސްތިފާނުއަށް ލިބެމުން ދިޔަ އެހީއާއި ވިސްނުމާއި ޙިކުމަތުގެ ސަބަބުން އެމީހުންނަކަށް އިސްތިފާނު އާއި ދެކޮޅަށް ޖަދަލުކޮށް ބަހުސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ.


ދެން އެއަށް ފަހު އަހަރެން ދިޔައީ ސޫރިޔާއާއި ސިލީސިޔާގެ ސަރަހައްދަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ