މަންދޫބުންގެ މަސައްކަތް 6:6 - ކިތާބުލް މުޤައްދަސާ6 މި ހަތް މީހުން އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެނެވުނެވެ. އަދި އެ މަންދޫބުން އެމީހުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްޖެއްސިއެވެ. އެއީ މިމީހުންނަކީ މި މަސައްކަތް ކުރުމަށް ހޮވިކަނޑައެޅިފައިވާ މީހުން ކަން އެންގުމަށެވެ. အခန်းကိုကြည့်ပါ။ |
ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.“