މަންދޫބުންގެ މަސައްކަތް 6:4 - ކިތާބުލް މުޤައްދަސާ4 އޭރުން އަހަރެމެންނަށް ދުޢާކުރުމުގައާއި އަދި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމުގައި ކުރިއަށް ދެވޭނެ.“ အခန်းကိုကြည့်ပါ။ |
އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.