Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 6:3 - ކިތާބުލް މުޤައްދަސާ

3 އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 6:3
34 ပူးပေါင်းရင်းမြစ်များ  

އެމީހުންގެ ތެރޭން މާތްކަލާނގެއަށް ބިރުވެތިވާ ތެދުވެރި ރިޝްވަތު ނުހިފާ ބަޔަކު ޚިޔާރު ކޮށް ކޮންމެ އެއްހާސް މީހެއްގެ މައްޗަށާއި ސަތޭކަ މީހެއްގެ މައްޗަށާއި ފަންސާސް މީހެއްގެ މައްޗަށް އަދި ކޮންމެ ދިހަ މީހެއްގެ މައްޗަށް އޭގެ ތެރޭން މީހަކު އިސްކުރޭ.


އެހެނަސް ތިޔަބައިމީހުން ’⁠އެދުރުކަލޭގެ⁠‘ ނަމުން އިތުރު ބަޔަކަށް މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ އެންމެ އެދުރެއް. އަދި ތިޔަބައިމީހުންނަކީ އެކުގައިވާ އަޚުންނާއި އުޚުތުން.


ދެން އީސާގެފާނަށް އީމާންވެ ތިބި މީހުންގެ މެދުގައި އެ އަސްޙާބީ ދުވަހަކު ވެސް މަރެއް ނުވާނެ ކަމުގައި ވާހަކަ ފެތުރުނެވެ. ނަމަވެސް އީސާގެފާނު އެވިދާޅުވީ އޭނާ މަރުނުވާނެއެކޭ އެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވީ ”⁠އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް ކަލޭ އެކަމާ ނުބެހޭށޭ⁠“ މިހެންނެވެ.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އެހެން ކަމުން އޭނާގެ ބަދަލުގައި އޭނާގެ މަޤާމަށް އެހެން މީހަކު ހޮވަން އަހަރެމެން އެބަޖެހޭ. އެމީހަކީ މާތްސާހިބާ އީސާގެފާނާއި އެކު އަހަރެމެން ހޭދަކުރި ހުރިހާ ދުވަހަކު އަހަރެމެންނާއި އެކުގައި ވީ މީހަކު ކަމުގައި ވާން ވާނެ.


އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ލިސްތުރާ އާއި އިކޯނިޔުމްގެ އީސާގެފާނަށް އީމާންވެގެންވީ އެންމެން ވެސް މި ތިމޮތީ އާއި ބޭހޭ ގޮތުން ވަރަށް ރަނގަޅު ވާހަކަތައް ދައްކައެވެ.


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ.


އެރަށުގައި އަހަރެމެން އެއްހަފްތާ މަޑުކުރި މަޑުކުރުމުގައި އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާއި އަހަރެމެންނާއި ބައްދަލުވިއެވެ. އެމީހުން އެދުމުން އަހަރެމެން އެ ރަށުގައި އެމީހުންގެ ގާތުގައި ތިބީމެވެ. ދެން އެންމެފަހުން އަހަރެމެން ރޯމުކަރަޔަށް ދިޔައީމެވެ.


އެހެންކަމުން އީސާގެފާނުގެ މަންދޫބުން އެންމެން އެއްތަންކޮށް ޖަލްސާއެއްބާވާ އެމީހުންނަށް ބުންޏެވެ. ”⁠އަހަރެމެން މަންދޫބުން މާތްރަސްކަލާނގެ ބަސްފުޅުތައް މީހުންނަށް އަންގައިދިނުމަށް ކުރަމުން މި ދާ މަސައްކަތް ހުއްޓާލާފަ އައިސް ކާއެއްޗެހި ބެހުމަށް ތިބުމަކީ އަހަރެމެން ކޮށްގެންވާނެ ކަމެއް ނޫން.


އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.


މި ހަތް މީހުން އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެނެވުނެވެ. އަދި އެ މަންދޫބުން އެމީހުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްޖެއްސިއެވެ. އެއީ މިމީހުންނަކީ މި މަސައްކަތް ކުރުމަށް ހޮވިކަނޑައެޅިފައިވާ މީހުން ކަން އެންގުމަށެވެ.


ނަމަވެސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް މި ޚަބަރު ލިބުނެވެ. އެހެން ކަމުން އެމީހުން ޝާއުލް ކައިސަރިޔާ އަށް ގެންދިޔައެވެ. އަދި އެ ރަށުން އޭނާ ތަރުސުސް އަށް ފޮނުވިއެވެ.


ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


ދީމީތްރިޔޫސް އާއި ބެހޭގޮތުން އެންމެން ވެސް ބުނަނީ އޭނާގެ ރަނގަޅު ވާހަކައެވެ. އަދި އޭނާގެ އަމަލުތަކުން އެމީހުން އެބުނި ބަހަކީ ހަގީގަތެއްކަން ދައްކައިދެއެވެ. އަހަރެމެން ވެސް އޭނާ ރަނގަޅޭ ބުނަމެވެ. އަދި އަހަރެމެން ބުނާ މި ބަހުގެ ތެދުކަން ތިބާ ވެސް ރަނގަޅަށް ދަންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ