މަންދޫބުންގެ މަސައްކަތް 6:2 - ކިތާބުލް މުޤައްދަސާ2 އެހެންކަމުން އީސާގެފާނުގެ މަންދޫބުން އެންމެން އެއްތަންކޮށް ޖަލްސާއެއްބާވާ އެމީހުންނަށް ބުންޏެވެ. ”އަހަރެމެން މަންދޫބުން މާތްރަސްކަލާނގެ ބަސްފުޅުތައް މީހުންނަށް އަންގައިދިނުމަށް ކުރަމުން މި ދާ މަސައްކަތް ހުއްޓާލާފަ އައިސް ކާއެއްޗެހި ބެހުމަށް ތިބުމަކީ އަހަރެމެން ކޮށްގެންވާނެ ކަމެއް ނޫން. အခန်းကိုကြည့်ပါ။ |
އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.