Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 6:14 - ކިތާބުލް މުޤައްދަސާ

14 އިސްތިފާނު ބުނާ އަޑު އަޅުގަނޑުމެން އެހީން. ’⁠ނާޒަރަތުގެ އީސާ މި ބައިތުލް މަޤްދިސް ނެތިކޮށްލާނެއޭ އަދި މޫސާގެފާނުގެ ފަރާތުން ލިބިފައިވާ އާދަކާދަތައް ވެސް އެ އީސާ ނައްތާލާނެއޭ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 6:14
33 ပူးပေါင်းရင်းမြစ်များ  

”⁠މި މީހާ ބުނީ ’⁠ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި ތިމަންނަ ބިނާކޮށްފާނަމޭ.⁠‘⁠“


”⁠އަހަރެމެން އަޑުއެހިން އޭނާ ބުނި އަޑު. ’⁠އިންސާނުންގެ އަތުން ޢިމާރާތް ކޮށްފައިވާ ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި މީހެއްގެ ކުޑަވެސް އެހީއަކާ ނުލާ ބިނާކޮށްފާނަމޭ.⁠‘⁠“


އެބައިމީހުން ކަނޑިތަކުން ގަތުލުކުރެވި އަދި ހައްޔަރު ކުރެވި އެކިއެކި ޤައުމުތަކަށް ގެންދެވޭނެ. އަދި ޖެރޫސަލަމް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ އަތްދަށުވާނެ. މި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ވަގުތު ހަމަވަން ދެން ޖެރޫސަލަމް އެމީހުންގެ އަތްދަށުގައި ވާނެ.


”⁠ކަލޭމެންނަށް މިހާރު ތިޔަ ފެންނަ ތަން މުޅިން ނެތިވެ ގޮސް އެންމެ ގާބުރިއެއް ވެސް އަނެއް ގާބުރި އެއްގެ މަތީ ނުވާނެ ދުވަހެއް އެބަ އާދޭ.⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން މި ބައިތުލް މަޤްދިސް ހަލާކުކޮށް ބިމާ ހަމަކޮށްލަބަލަ! ތިން ދުވަސް ތެރޭގައި އަހަރެން މިތަން ޢިމާރާތް ކުރާނަން!⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން އަޅުކަން ކުރަންޖެހޭނީ ޖެރޫސަލަމަކު ވެސް ނޫން އަދި މި ފަރުބަދައަކު ވެސް ނޫން.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”⁠މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.⁠“


ނަމަވެސް ތިޔަބޭފުޅާ އެހެން ޤައުމުތަކުގައި އުޅޭ ބަނީއިސްރާއީލު މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ޤާނޫނުތަކާ ގަވާއިދުތައް ދޫކޮށްލުމަށް އަންގާ އަދި އެމީހުންގެ ދަރިން ޚިތާނު ނުކުރުމަށާ ބަނީއިސްރާއީލުގެ އާދަކާދަތަކާއި ދުރުވުމަށް ވެސް އަންގަމުން ދާ ވާހަކަ އެމީހުންނަށް ވަނީ އިވިފަ.


ޕައުލް މިހުރިހާ ތުހުމަތުތަކަކާ އިންކާރު ކޮށް އޭނާގެ އަމިއްލަ ދިފާއުގައި މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”⁠އަޅުގަނޑު ބަނީއިސްރާއީލު މީހުންގެ ގަވާއިދުތަކާއި ދެކޮޅުވެ އަދި ބައިތުލް މަޤްދިސްގައި ކުރުން އެކަށީގެން ނުވާކަމެއް އަޅުގަނޑު ނުކުރަން. ނުވަތަ ރޯމުގެ ސަރުކާރާއި ދެކޮޅަށް ވިޔަސް އެއްވެސް ކަހަލަ ޚިލާފު ދެކޮޅުވެރިކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ.⁠“


ކެތްތެރިކަމާއިއެކު އަޅުގަނޑު މިބުނާ ވާހަކަކޮޅު އަޑު އައްސަވާލަދެއްވާ. އެހެނީ ތިޔަބޭފުޅާއަކީ ބަނީއިސްރާއީލު މީހުންގެ އާދަކާދަތަކާ އަދި އެމީހުންގެ މެދުގައި ދީނުގެ ގަވާއިދުތަކާ މެދު ކުރެވޭ ބަހުސް ތަކާ ހަމަނުޖެހުންތައް ރަނގަޅަށް ދެނެވަޑައިގެންވާ ބޭފުޅެއް.


ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.


ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ.


އީސާގެފާނު މެދުވެރިކުރައްވައި މާތްރަސްކަލާނގެ ރުއްސެވުން ލިބޭނެ މަގު ހާމަވުމުގެ ކުރިން އަހަރެމެން ތިބީ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ދަށުގައި ހައްޔަރުވެ މިނިވަންކަމެއް ނެތިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ