މަންދޫބުންގެ މަސައްކަތް 6:13 - ކިތާބުލް މުޤައްދަސާ13 އެމީހުން އިސްތިފާނު އާއި މެދު ދޮގު ހެކި ދިނުމަށް އެތަނަށް ބަޔަކު ގެނައެވެ. އެ ދޮގު ހެކިން ބުންޏެވެ. ”މީނާ އަބަދުވެސް ބައިތުލް މަޤްދިސާއި އަދި މޫސާގެފާނު މެދުވެރިކޮށް ފޮނުވުނު ޤާނޫނާއި ގަވާއިދުތަކާއި ދެކޮޅަށް ވާހަކަދައްކާ ހަދާ. အခန်းကိုကြည့်ပါ။ |
ދެން އެމީހުން ބުންޏެވެ. ”ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.“
ޕައުލް މިހުރިހާ ތުހުމަތުތަކަކާ އިންކާރު ކޮށް އޭނާގެ އަމިއްލަ ދިފާއުގައި މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”އަޅުގަނޑު ބަނީއިސްރާއީލު މީހުންގެ ގަވާއިދުތަކާއި ދެކޮޅުވެ އަދި ބައިތުލް މަޤްދިސްގައި ކުރުން އެކަށީގެން ނުވާކަމެއް އަޅުގަނޑު ނުކުރަން. ނުވަތަ ރޯމުގެ ސަރުކާރާއި ދެކޮޅަށް ވިޔަސް އެއްވެސް ކަހަލަ ޚިލާފު ދެކޮޅުވެރިކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ.“