Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 6:12 - ކިތާބުލް މުޤައްދަސާ

12 މިއަޑުއަހާ މީސްތަކުންނާއި ބަނީއިސްރާއީލުގެ ބޮޑުންނާއި އަދި ދީނުގެ ދަންނަބޭކަލުން ރުޅިއައެވެ. އަދި މިމީހުން އިސްތިފާނު ހައްޔަރުކޮށް ބަނީއިސްރާއީލުންގެ ދީނީ ކޯޓަށް ގެނައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 6:12
15 ပူးပေါင်းရင်းမြစ်များ  

ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.


އެއަށް ފަހު އީސާގެފާނު ހައްޔަރުކުރި މީހުން އެކަލޭގެފާނު ގެންދެވީ އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށެވެ. ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން އެ ގަނޑުވަރަށް އެއްވެ ތިއްބެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


އެއްދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރޭ ކިޔަވާ ދެއްވަމުން މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އަންގަވާދެއްވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންގެ ބަޔަކު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާއި އެކު އެކަލޭގެފާނުގެ އަރިހަށް އައެވެ.


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.


ނަމަވެސް ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާން ނުވި މީހުން އެތާނގައި ވީ މާތްރަސްކަލާނގެއަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތްތަކުގައި އީސާގެފާނަށް އީމާންވި މީހުންނާއި މެދު ނަފްރަތު އުފައްދާ ދެކޮޅުވެރި ކުރުވިއެވެ.


ނަމަވެސް ތިސަލޯނިކާގެ ބަނީއިސްރާއީލު މީހުންނަށް ޕައުލް ބެރޭއާގައި މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަންގައިދިން ކަން އެނގުމުން އެ ރަށަށް ވެސް އައިސް އެ ރަށުގައި ވެސް މީސްތަކުންގެ މެދުގައި ހަމަ އެ ގޮތަށް ހަމަނުޖެހުން އުފެއްދިއެވެ.


ދެން ގާލިއޯ އަކޭޔާގެ ގަވަރުނަރުކަމަށް އިސް ކުރެވުމުން، އެ ރަށުގައި އުޅުނު ބައެއް ބަނީއިސްރާއީލު މީހުން އެއްބައިވެ ޕައުލް އާއި ދެކޮޅުވެ އޭނާ ހައްޔަރުކޮށްގެން ގަވަރުނަރުގެ އަރިހަށް ގެނައެވެ.


ދެން މި ކަންތައްތައް ކުރަން ޖެހޭ ދުވަސްތައް ކަމަށްވާ ހަތްދުވަސް ނިމެން ކައިރިވެފައި ވަނިކޮށް އޭޝިޔާގެ ބަނީއިސްރާއީލު ބަޔަކަށް ޕައުލް ބައިތުލް މަޤްދިސްގެތެރެއިން ފެނުނެވެ. އެމީހުން މީސްތަކުން ޕައުލްއާއި ދެކޮޅު ކުރުވާ ހަމަނުޖެހުން އުފައްދާ ޕައުލް ހިފެހެއްޓިއެވެ.


މިމީހުން އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ޖަލަށް ލިއެވެ.


އީސާގެފާނުގެ މަންދޫބުން ބަނީއިސްރާއީލުގެ ދީނީކޯޓަށް ގެނެވުނެވެ. އަދި އުއްތަމަ އިމާމު އެމީހުންނާއި ސުވާލު ކުރެއްވިއެވެ.


އެހެންކަމުން އެމީހުން ބަޔަކު ލައްވާ ދޮގު ވާހަކައެއް ފެތުރިއެވެ. މިމީހުން ބުންޏެވެ. ”⁠އިސްތިފާނު މާތްރަސްކަލާނގެ އާއި އަދި މޫސާގެފާނާއި ދެކޮޅަށް އެއްޗިހި ކީ އަޑު އަހަރެމެން އެހީން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ