މަންދޫބުންގެ މަސައްކަތް 6:10 - ކިތާބުލް މުޤައްދަސާ10 ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކޮށް އިސްތިފާނުއަށް ލިބެމުން ދިޔަ އެހީއާއި ވިސްނުމާއި ޙިކުމަތުގެ ސަބަބުން އެމީހުންނަކަށް އިސްތިފާނު އާއި ދެކޮޅަށް ޖަދަލުކޮށް ބަހުސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ. အခန်းကိုကြည့်ပါ။ |
އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.“
ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”މިނިވަން ފިރިހެނުން“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.
އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.