Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 5:9 - ކިތާބުލް މުޤައްދަސާ

9 ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 5:9
24 ပူးပေါင်းရင်းမြစ်များ  

އަހަރެންގެ ބައްޕަގެ ރަށް ދޫކޮށް އެއްތަނުން އަނެއްތަނަށް ދަތުރުކޮށް ދިއުމަށް މާތްކަލާނގެ ވަޙީކުރެއްވި ހިނދު އަހަރެން އޭނާ ގާތު ބުނިން: ’⁠އަހަރެންނާ އެކުގައި ތިބާ ދާ ކޮންމެ ތަނެއްގައި ވެސް ތިބާއަކީ އަހަރެންގެ ކޮއްކޮ ކަމުގައި ބުނާށޭ.⁠‘⁠“


އެހެންވެ އަނެއްކާވެސް އެމީހުން މޫސާގެފާނާ ޝަކުވާ ކުރިއެވެ. ”⁠އަހަރެމެންނަށް ބޯފެން ދީ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަންނާ ތިޔަ ޝަކުވާ ކުރަނީ ކީއްވެތަ؟ ކަލޭމެން މާތްރަސްކަލާނގެ އިމްތިޙާނު ކުރަން ތިޔަ އުޅެނީ ކީއްވެތަ؟⁠“


މޫސާގެފާނު އެތަނަށް މައްސާއޭ ވިދާޅުވެ ނަން ދެއްވިއެވެ. އަދި މަރީބާއޭ ވެސް އެތަނަށް ކިޔާއުޅެއެވެ. އެހެނީ އިސްރާއީލުގެ މީހުން އެތަނުގައި އަރާރުންވެ މާތްރަސްކަލާނގެ އިމްތިޙާނު ކުރަން އުޅުނެވެ. އެމީހުން އެއްސެވެ. ”⁠މާތްރަސްކަލާނގެ އަހަރެމެންނާ އެކު މިތަނުގައި ވޮޑިގެން ވޭތަ؟ ނޫނީ ނުވޭތަ؟⁠“


ނުބައި ނުލަފާ މީހުންނަށް އެކަމުގެ ސަޒާ ލިބޭނެކަމީ ޔަޤީންކަމެކެވެ. އެކަމަކު މާތްކަލާނގެއަށް ކިޔަމަންތެރި ޞާލިޙުންނަށް އަދަބެއް ނުލިބޭނެއެވެ.


ކިބުރުވެރިޔާދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. އޭނާއަށް ޔަޤީނުން ވެސް އަދަބު ދެވޭނެއެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ވެސް ބަޔާންވެގެންވޭ. ’⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ އަޖުމަ ބަލަން ނޫޅޭށޭ.⁠‘⁠“


ދެން އޭނާ އެ މެނޭޖަރު ގެނެސް ބުނި. ’⁠ކަލެއާއި ބެހޭގޮތުން އަހަރެންނަށް މިއިވެނީ ކޮން ޚަބަރުތަކެއް ހޭ؟ ކަލޭ ވިޔަފާރީގެ ކަންތައް ހިންގި ގޮތުގެ މައުލޫމާތުގެ ބަޔާނެއް ލިޔާށޭ. އަދި އެއަށް ފަހު ކަލޭ ތިޔަވަނީ އަހަރެންގެ މެނޭޖަރެއްގެ ވަޒީފާއިން ވަކިކޮށްފައޭ.⁠‘


މި ފަދައިން ކަންތައް ހުރި އިރު މިހާރު އަނެއްކާ ތިޔަބައިމީހުން ބަނީއިސްރާއީލު މީހުން ނޫން އެހެން އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަރުގައި މި ފަދަ ބަރުދަނެއް އަޅުވާ މާތްރަސްކަލާނގެ ކޯފާ ލިބިގަތުމަށް ތިޔަ އުޅެނީ އަޅެ ކީއްވެ؟ ތިޔަ ބަރުދަނަކީ އަހަރެމެންގެ ކާބަފައިންނަށް ވެސް އަދި އަހަރެމެންނަށް ވެސް އުފުލިފައި ނުވާ ބަރުދަނެއް ނޫންތަ؟


އެތާނގައި ތިބި ޒުވާނުންގެ ބަޔަކު އޭނާ ކަފުން ކުރުމަށް ފަހު ގެންގޮސް ވަޅުލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ