Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 5:4 - ކިތާބުލް މުޤައްދަސާ

4 އެ ބިމަކީ ކަލޭގެ އަމިއްލަ ބިމެއް. ވީއިރު އެބިން ވިއްކާލުމާއި ނުލުން ވަނީ ކަލޭގެ އިޚުތިޔާރުގަ. އަދި އެބިން ވިއްކާލާއިގެން ލިބުނު ލާރިއަކީ ވެސް ކަލޭ ބޭނުންގޮތަކަށް އެއިން ކަން ކުރުމަށް ވާ ކަލޭގެ އަމިއްލަ ފައިސާ. ވީއިރު ކަލޭ ތިޔަ ގޮތަށް ސިއްރުން ކަން ކުރުމުގެ ބޭނުމަކީ ކޮބައި؟ ކަލޭ ތިޔަ ދޮގުހެދީ އަހަރެމެންނަކަށް ނޫން. ކަލޭ ތިޔަ ދޮގުހެދީ މާތްރަސްކަލާނގެ ކިބަފުޅަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 5:4
26 ပူးပေါင်းရင်းမြစ်များ  

އަދިވެސް މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އެކަލާނގެއާމެދު ކުރި ޝަކުވާތައް އެކަލާނގެ އައްސަވާ ވޮޑިގަންނަވާ. އިރުއޮއްސުމުން ކަލޭމެންނަށް މަސް ދެއްވާނެ. ހެނދުނު އެހެން ކާއެއްޗެއް ދެއްވާނެ. އާނ! ކަލޭމެންގެ ޝަކުވާ ރައްދުވަނީ މާތްރަސްކަލާނގެއަށް ކަން. އަހަރެމެންނަކަށް ނޫން ކަން ކަލޭމެންނަށް އެނގޭނެ.⁠“


މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކޮށް އެންގެވި ހުރިހާ ކަމެއް ކުރުމަށް ބޭނުންވާ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށް އެދުނު ބަނީއިސްރާއީލުގެ ހުރިހާ އަންހެނުންނާ ފިރިހެނުން އެތަކެތި ގެނެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށައެޅިއެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.⁠“


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.⁠“


އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ.


އެކަމަކު، ތިބާއަށް މަޖުބޫރުކޮށްގެން ތިބާގެ އެހީ ހޯދާކަށް އަހަރެން ބޭނުމެއްނޫނެވެ. އޭގެބަދަލުގައި އަހަރެން ބޭނުމީ ތިބާގެ އަމިއްލަ އިޚްތިޔާރާއެކު ހުރިހާކަމެއް ކުރާށެވެ. ވީމާ ތިބާ އެއްބަސް ނުވާ އެއްވެސް ކަމެއް އަހަރެން ނުކުރާނަމެވެ.


މިނުބައި އެދުންތައް ފާފަވެރި އަމަލުތައް އުފަންކުރުވައެވެ. އަދި މި ފާފަވެރި އަމަލުތައް ގެނެސްދެނީ މަރުވެ ދިއުމެވެ.


މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ