މަންދޫބުންގެ މަސައްކަތް 5:39 - ކިތާބުލް މުޤައްދަސާ39 ނަމަވެސް އެމީހުން އެ ކުރާ ކަންތައްތައް އެކުރަނީ މާތްރަސްކަލާނގެ އެންގެވި އެންގެވުމަށް ކަމުގައި ވަނީ ނަމަ ކަލޭމެންނަކަށް އެމީހުންނެއް ނުހުއްޓުވޭނެ. އަދި ކޮބާ އޭރުން ކަލޭމެންނަށް އެ އިދިކޮޅު ވެވެނީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު ކަމުގައި ވެސް ވެދާނެ.“ အခန်းကိုကြည့်ပါ။ |
ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.“
އެމީހުންގެ މެދުގައި ކުރެވެމުން ދިޔަ ޒުވާބު އިރެއް އިރަކަށް ގަދަވިއެވެ. އަދި ބައެއް ދީނުގެ ދަންނަބޭކަލުން ކަމުގައި ވީ ފަރީސީނުގެ ބަޔަކު ފުންމައިގެން ތެދުވެ ޕައުލް ގެ ދިފާއުގައި ވާހަކަދައްކާ ބަހުސްކޮށް ބުންޏެވެ. ”މިމީހާގެ އެއްވެސް ކުށެއް އަހަރެމެންނަކަށް ނުފެނޭ. ފަހަރެއްގައި ހަމަ މަލާއިކަތަކު ނުވަތަ ރޫޙެއް އޭނާއާއި ވާހަކަ ދެއްކީ ކަމުގައި ވެސް ވެދާނެ.“
އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.