މަންދޫބުންގެ މަސައްކަތް 5:36 - ކިތާބުލް މުޤައްދަސާ36 ތުދާހުގެ މަތިން ހަނދާން ކޮށްބަލަ. އޭނާ ވެސް ބުނި ތިމަންނައަކީ ވަރަށް މަތިވެރި މީހެކޭ. އޭނާގެ ބަސް ގަބޫލުކޮށް އޭނާގެ ކޮޅަށް ހަތަރުސަތޭކައެއްހާ މީހުން ވެސް ޖެހުނު. އެކަމަކު އެ ތުދާހު ބަޔަކުގެ އަތުން ޤަތުލުވި. އަދި އޭނާގެ ބަސް ގަބޫލު ކުރި އެންމެން ވިއްސި ވިހާލި ވެގެން ދިޔަ. အခန်းကိုကြည့်ပါ။ |
އީސާގެފާނުގެ ޖަމާޢަތުގެ މުހިންމު ބޮޑުންގެ ތެރެއިން އެކަކު ވެސް އަހަރެން އަންގާދެމުން ދިޔަ ދިންނެވުމުގެ އުފާވެރި ޚަބަރަށް ގޮތްކިޔައި އެޔަށް އިތުރު ކުރަންވީ އެއްވެސް ނުކުތާއެއް ނުބުނެވެ. އަދި އެމީހުންނަކީ މުހިންމު ބޮޑުންނަށް ވިޔަސް އެއަކީ އަހަރެންނަކަށް މާ މުހިންމު ކަމެއް ނޫނެވެ. އެއީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އެންމެން ވެސް އެއްވެސް ތަފާތެއް ނެތި ހަމަހަމަ ވެގެންވާތީއެވެ.
އެއަށް ފަހު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ހަނަފަސް ސަހަރާއެއްގެ ތެރެއަށް އެ މަލާއިކަތާ އަހަރެން ގެންދިޔައެވެ. ހަތް ބޮލާއި އަދި ދިހަ ދަޅު ހުރި ރަތްކުލައިގެ ދާއްބައެއްގެ މަތީގައި އިށީނދެ އިން އަންހެނަކު އަހަރެން ދުށީމެވެ. އެ ދާއްބައިގެ މުޅި ހަށިގަނޑު ފޮރުވިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް ނިސްބަތް ކޮށް ލިޔެފައިވާ ކުފުރުގެ ބަސްތަކުންނެވެ.