Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 5:35 - ކިތާބުލް މުޤައްދަސާ

35 މި ގަމަލީލު އެ ކޯޓުގެ މީހުންނަށް މުޚާޠަބުކޮށް ބުންޏެވެ. ”⁠ބަނީއިސްރާއީލު މީސްތަކުންނޭ. ތިޔަބައިމީހުން މިމީހުންނާއި މެދު ކަންތައްތައް ކުރަން ތިޔަ ޤަސްތު ކުރާ ގޮތާއި މެދު ވަރަށް ބޮޑަށް ވިސްނާ ބަލާތި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 5:35
6 ပူးပေါင်းရင်းမြစ်များ  

ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


އެއްވެސް މީހަކަށް މި ކަންތައްތަކަކާއި ދެކޮޅެއް ނެހެދޭނޭ. ވީމާ ތިޔަބައިމީހުން މަޑުމައިތިރިވާށޭ. އަދި ތިޔަބައިމީހުން އެއްވެސް ތާކުންތާކު ނުޖެހޭކަމެއް ކޮށް އަތުންފައިން ގޯހެއް ނަހަދާށޭ.


މި އޮފިސަރު ސިފައިންގެ ކޮމާންޑަރުގެ ގާތަށް ގޮސް ބުންޏެވެ. ”⁠ތިޔަ ކުރައްވަން އުޅެނީ ކޮން ފަދަ ކަމެއް ތޯ؟ މިމީހާއަކީ ރޯމުސަރުކާރުގެ ރައްޔިތެއް.⁠“


ނަމަވެސް އެވަގުތު އެ ކޯޓުގައި ވީ ބަނީއިސްރާއީލުގެ ބޮޑުންގެ ތެރެއިން ފަރީސީ މަޒުހަބުގެ ގަމަލީލު އޭ ކިޔުނު މީހަކު ތެދުވެ އީސާގެފާނުގެ މަންދޫބުންނަށް އިރު ކޮޅަކަށް ބޭރަށް ނުކުތުމަށް އެންގިއެވެ. މި ގަމަލީލު އަކީ ބަނީއިސްރާއީލުގެ އެންމެން ވެސް ވަރަށް އިޙުތިރާމު ކުރާ ދީނުގެ ދަންނަބޭކަލެކެވެ.


ތުދާހުގެ މަތިން ހަނދާން ކޮށްބަލަ. އޭނާ ވެސް ބުނި ތިމަންނައަކީ ވަރަށް މަތިވެރި މީހެކޭ. އޭނާގެ ބަސް ގަބޫލުކޮށް އޭނާގެ ކޮޅަށް ހަތަރުސަތޭކައެއްހާ މީހުން ވެސް ޖެހުނު. އެކަމަކު އެ ތުދާހު ބަޔަކުގެ އަތުން ޤަތުލުވި. އަދި އޭނާގެ ބަސް ގަބޫލު ކުރި އެންމެން ވިއްސި ވިހާލި ވެގެން ދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ