Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 5:34 - ކިތާބުލް މުޤައްދަސާ

34 ނަމަވެސް އެވަގުތު އެ ކޯޓުގައި ވީ ބަނީއިސްރާއީލުގެ ބޮޑުންގެ ތެރެއިން ފަރީސީ މަޒުހަބުގެ ގަމަލީލު އޭ ކިޔުނު މީހަކު ތެދުވެ އީސާގެފާނުގެ މަންދޫބުންނަށް އިރު ކޮޅަކަށް ބޭރަށް ނުކުތުމަށް އެންގިއެވެ. މި ގަމަލީލު އަކީ ބަނީއިސްރާއީލުގެ އެންމެން ވެސް ވަރަށް އިޙުތިރާމު ކުރާ ދީނުގެ ދަންނަބޭކަލެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 5:34
14 ပူးပေါင်းရင်းမြစ်များ  

އެމީހުން އީސާގެފާނު ހޯއްދަވާތާ ތިންވަނައަށް ވީ ދުވަހު ބައިތުލް މަޤްދިސްގެ ވަށައިގެންވާ ގޯތި ތެރެއިން އެކަލޭގެފާނު ފެނިވަޑައިގަތެވެ. އެކަލޭގެފާނު އިންނެވީ އެތާނގައިވާ ދަންނަބޭކަލުންގެ ބައިގަނޑަކާއި އެކު އެބައިމީހުން ދައްކާ ވާހަކަތައް އަޑު އައްސަވާ އަދި އެބައިމީހުން ކުރެން ސުވާލުތައް ކުރެއްވުމަށެވެ.


އެއްދުވަހަކު އީސާގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަން ގެއެއްގައި އިންނެވިއެވެ. އެތާނގައި ގަލީލީ އާއި ޖުދެއާ އާއި ޖެރޫސަލަމުގެ ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނޭ ކިޔާ ދީންވެރިންގެ ބަޔަކު ވިއެވެ. މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދެއްވުމަށްޓަކައި އޭރު އީސާގެފާނާއިއެކު އެންމެ މަތިވެރި ކަލާނގެ ބާރުފުޅު އެތާނގައި ވިއެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ތިޔައީ ބަނީއިސްރާއީލުގެ މޮޅު، މަތީ ދަންނަބޭކަލެއް. އެކަމަކު ކަލެއަކަށް މިއިން އެއްވެސް ކަމެއް ނުވިސްނުނު ތަ؟


ޕައުލް ބުންޏެވެ. ”⁠އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަޅުގަނޑު ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން.


އެހެން ކަމުން މިމީހުން ޕަތަރަސްއާއި ޔޫޙަންނާ ކޯޓުން ބޭރަށް ފޮނުވާލާ އެމީހުންގެ މެދުގައި މަޝްވަރާ ކުރިއެވެ.


އީސާގެފާނުގެ މަންދޫބުން މި މަލާއިކަތާގެ ބަސްފުޅު އަހާ ކިޔަމަންވެ ފަތިހުގެ ވަގުތުގައި އިރުއެރުމުގެ ކުރިން ގޮސް ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވާދިނުމަށް ފެށިއެވެ. އުއްތަމަ އިމާމާއި އޭނާގެ ބައިގެމީހުން ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ މެމްބަރުންނަށް އަންގާ އެމީހުން އެއް ކުރިއެވެ. އެ ކޯޓުގައި ބަނީއިސްރާއީލުގެ އެންމެ މުހިންމު ދީނުގެ ބޮޑުން ވެސް ހިމެނުނެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އެކޯޓަށް ގެނައުމަށްޓަކައި ބަޔަކު ޖަލަށް ފޮނުވިއެވެ.


އީސާގެފާނުގެ މަންދޫބުން ބަނީއިސްރާއީލުގެ ދީނީކޯޓަށް ގެނެވުނެވެ. އަދި އުއްތަމަ އިމާމު އެމީހުންނާއި ސުވާލު ކުރެއްވިއެވެ.


މި ގަމަލީލު އެ ކޯޓުގެ މީހުންނަށް މުޚާޠަބުކޮށް ބުންޏެވެ. ”⁠ބަނީއިސްރާއީލު މީސްތަކުންނޭ. ތިޔަބައިމީހުން މިމީހުންނާއި މެދު ކަންތައްތައް ކުރަން ތިޔަ ޤަސްތު ކުރާ ގޮތާއި މެދު ވަރަށް ބޮޑަށް ވިސްނާ ބަލާތި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ