މަންދޫބުންގެ މަސައްކަތް 5:32 - ކިތާބުލް މުޤައްދަސާ32 އަޅުގަނޑުމެން އެންމެންނަކީ މި ކަންތައްތައް ލޮލުންދެކި އެކަމުގެ މައްޗަށް ހެކިވާ މީހުން. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންނަށް އެކަލާނގެ ދެއްވާ މާތްރޫޙުފުޅު ވެސް މިހުރިހާ ކަމަކީ ތެދުކަމަށް ހެކިވޭ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.