މަންދޫބުންގެ މަސައްކަތް 5:3 - ކިތާބުލް މުޤައްދަސާ3 ޕަތަރަސް ބުންޏެވެ. ”އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟ အခန်းကိုကြည့်ပါ။ |
އެ ބިމަކީ ކަލޭގެ އަމިއްލަ ބިމެއް. ވީއިރު އެބިން ވިއްކާލުމާއި ނުލުން ވަނީ ކަލޭގެ އިޚުތިޔާރުގަ. އަދި އެބިން ވިއްކާލާއިގެން ލިބުނު ލާރިއަކީ ވެސް ކަލޭ ބޭނުންގޮތަކަށް އެއިން ކަން ކުރުމަށް ވާ ކަލޭގެ އަމިއްލަ ފައިސާ. ވީއިރު ކަލޭ ތިޔަ ގޮތަށް ސިއްރުން ކަން ކުރުމުގެ ބޭނުމަކީ ކޮބައި؟ ކަލޭ ތިޔަ ދޮގުހެދީ އަހަރެމެންނަކަށް ނޫން. ކަލޭ ތިޔަ ދޮގުހެދީ މާތްރަސްކަލާނގެ ކިބަފުޅަށް.“
ޕަތަރަސް އޭނާއަށް ބުންޏެވެ. ”ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.“