މަންދޫބުންގެ މަސައްކަތް 5:28 - ކިތާބުލް މުޤައްދަސާ28 ”އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟“ အခန်းကိုကြည့်ပါ။ |
ގަމަލީލުގެ މި ބަސްތަކަށް ބަނީއިސްރާއީލުގެ ވެރިން އެއްބަސްވިއެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އަނބުރާ އެތަނަށް ގެނެސް އެމީހުންގައިގައި ތެޅުމަށް ނިޔާކަނޑައެޅިއެވެ. އަދި ހަމަ އެވަގުތު ބައިތުލް މަޤްދިސްގެ ސިފައިން އެމީހުންގައިގައި ހަންމުށިއެޅިއެވެ. އެއަށް ފަހު ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަމުގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް އިންޒާރުކޮށްފައި އީސާގެފާނުގެ މަންދޫބުން ފޮނުވާލިއެވެ.
ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.