Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 5:24 - ކިތާބުލް މުޤައްދަސާ

24 މި ވާހަކަތަކުގެ އަޑު އިވުމުން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިޔާއާއި ބޮޑު އިމާމުންނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގި ވާނުވާއެއް ނޭނގި ހައިރާންވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 5:24
17 ပူးပေါင်းရင်းမြစ်များ  

ދެން ޔުދާސް ބޮޑު އިމާމުންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިންގެ ކައިރިއަށް ގޮސް އީސާގެފާނު ހައްޔަރުކުރެވޭނެ ރަނގަޅު ގޮތަކާއި މެދު މަޝްވަރާ ކުރިއެވެ.


ދެން އެކަލޭގެފާނު ހައްޔަރު ކުރުމަށް އައި ބޮޑު އިމާމުންނަށާ، ބައިތުލް މަޤްދިސް ބަލަހައްޓާ ގާޑުންގެ އޮފިސަރުންނަށާ، ބަނީއިސްރާއީލުގެ ބޮޑުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ހައްޔަރުކުރަން ލަޓިބުރިތަކާ ކަނޑިތައް ހިފައިގެން ތިއައީ އަހަރެން މިއީ ނުބައި ކުށްވެރިއަކަށް ވުމުން ތަ؟


މިތަންދެކެ ފަރީސީން ބުންޏެވެ. ”⁠އަހަރެމެން ބަލިވެއްޖެ. ނިކަން ދެކިބަލަ މުޅި ދުނިޔޭގެ އެންމެން އޭނާގެ ފަހަތުން އެއޮތް ދަނީ!⁠“


އެމީހުން ހައިރާންވެ މި ވާނުވާއެއް ނޭނގި އެކަކު އަނެކަކު ކުރެން ސުވާލު ކުރިއެވެ. ”⁠މި ވަނީ ކިހިނެއް ހޭ؟ މި ކަންތައްތަކުގެ މާނައަކީ ކޮބާ ހޭ؟⁠“


ޕަތަރަސްއާއި ޔޫޙަންނާ މީސްތަކުންނާއި ވާހަކަ ދައްކަމުން ގެންދަނިކޮށް، ބަނީއިސްރާއީލުގެ އިމާމުންގެ ބަޔަކާއި ބައިތުލް މަޤްދިސް ބެލެހެއްޓުމަށް ތިބޭ ސިފައިންގެ ވެރިމީހާ އާއި ބައެއް ސާދުސީން އެމީހުންގެ ކައިރިއަށް އެތަނަށް އައެވެ.


މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.


”⁠އަޅުގަނޑުމެން ދިޔައިރު ޖަލު ވަނީ ވަރަށް ރަނގަޅަށް ތަޅުލާފަ. އަދި އެތާގެ ގާޑުން ވެސް ދޮރުމަތީ ފޯރިއަށް ތިބި. ނަމަވެސް އަޅުގަނޑުމެން ވަދެ ބެލިއިރު ޖަލުތެރޭގައި އެކަކު ވެސް ނެތް.⁠“


ހަމަ އެވަގުތު ބަޔަކު އައިސް ޚަބަރު ދިނެވެ. ”⁠ތިޔަބޭފުޅުން ހައްޔަރުކޮށް ޖަލަށް ލީ މީހުން ބައިތުލް މަޤްދިސްތެރޭ މީސްތަކުންނަށް ކިޔަވާދިނުމަށް އެބަތިބި.⁠“


ދެން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިމީހާ އޭނާގެ ސިފައިން ގޮވައިގެން ގޮސް އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ގެންދިޔައެވެ. ނަމަވެސް އެމީހުން މި ފަހަރަކު އެއްގޮތަކަށް ވެސް ބާރުގެބޭނުމެއް ނުކުރެއެވެ. އެއީ ސިފައިން އީސާގެފާނުގެ މަންދޫބުންނާ ދޭތެރޭ ހަރުކަށިކޮށް ކަން ކުރަނިކޮށް ފެނިއްޖިއްޔާ އެތާނގައިވާ މީސްތަކުން ގާ އުކާ އެ ސިފައިން މަރާލަފާނެތީ ގަންބިރަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ