Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 5:15 - ކިތާބުލް މުޤައްދަސާ

15 އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 5:15
8 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅުގެ ކައިރިފަށުގައި އަތްލުމަށް އެދި އާދޭސް އެބައިމީހުން ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާ ކޮޅުގައި އަތްލި ކޮންމެ މީހެއްގެ ބަލި ފަސޭހަވެ ދިޔައެވެ.


އެއީ އޭނާގެ ހިތަށް މިހެން އަރައިގެންނެވެ. ”⁠އެކަލޭގެފާނުގެ ހެދުންކޮޅުގައި އަހަރެންނަށް އަތްލެވިއްޖެއްޔާ، އަހަރެންގެ މި ބަލި ފަސޭހަވެދާނެ.⁠“


އެހެންވެ މީސްތަކުން ދުވެފައި ގޮސް މުޅި ސަރަހައްދުގައި އެކަލޭގެފާނުގެ ވާހަކައިން ޚަބަރު ދިނެވެ. އެއާއެކު މީސްތަކުން ގޮސް އަށިގަނޑުތަކަށް ބަލިމީހުންތައް ލައިގެން އެކަލޭގެފާނު ހުންނެވިހާ ތަނެއް ހޯދަހޯދައިގެން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ.


ހަމަތެދެއް، އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ ކޮންމެ މީހަކުމެ އަހަރެން މިކުރި ފަދަ ކަންތައްތައް ކުރާނެ. އަދި އެމީހަކު އެއަށް ވުރެ މަތިވެރި ކަންތައް ވެސް ކުރާނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް ކަމުގައި ވީތީ.


ދެން މިއަށް ފަހު އެ ރަށުގައިވާ ހާ ބަލި މީހުންނެއް ޕައުލްގެ ގާތަށް އައެވެ. އެ އެންމެންގެ މައްޗަށް ވެސް ޕައުލް ދުޢާ ކުރުމުން އެމީހުންގެ ބަލިތައް ވެސް ރަނގަޅުވިއެވެ.


ޖެރޫސަލަމުގެ ވަށައިގެންވާ އެކި ރަށްތަކުން އެތައް ބައިވަރު ބަޔަކު ތަފާތު ބަލިތައް ޖެހިފައި ވާ މީހުންނާއި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެ އުނދަގޫތައް ލިބެމުން ދާ މީހުން ގެނައެވެ. އަދި މި އެންމެންނަށްމެ ޝިފާ ލިބި ރަނގަޅުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ