މަންދޫބުންގެ މަސައްކަތް 5:14 - ކިތާބުލް މުޤައްދަސާ14 ކަންމިހެން ހުރި ނަމަވެސް އީސާގެފާނަށް އީމާންވަމުން ދިޔަ މީހުންގެ އަދަދު ގިނަވަމުން ދިޔައެވެ. މިގޮތުން އީމާންވަމުން ދިޔަ މީހުންގެ ފިރިހެނުންނާއި އަންހެނުންގެ ބޮޑުބައިގަނޑެއް ވިއެވެ. အခန်းကိုကြည့်ပါ။ |
އެމީހުން އައިއިރު އެމީހުންގެ އަންހެންވެރިން ވެސް އައެވެ. އެމީހުން އެތަކެތި ގެނައީ ހިތުން ރުހުމުންނެވެ. މާތްރަސްކަލާނގެއަށް ވެދުން ހުށަހެޅުމަށް، ހެދުމުގައި ޖަހާ ރަންރިހީގެ ދަތިތަކާއި ކަންފަތުލާ މުދިތަކާއި އިނގިލީގައި އަޅާ އަނގޮޓިތަކާއި ކަރުގައި އަޅާ ފައްޓަރުތަކާއި މިފަދަ އެއްޗެހިތައް އެމީހުން ގެނައެވެ. އެމީހުން މިގެނައި ތަކެތި މާތްރަސްކަލާނގެއަށްޓަކައި އެކިކަންކަމަށް ވެދުން ކުރިއެވެ.
މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.
އޭނާ އުއްތަމަ އިމާމުގެ ކިބައިން އެދުނީ ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގެ ވެރިންނަށް ދެއްކުމަށްޓަކައި އުއްތަމަ އިމާމުގެ ފަރާތުން އޭގެން ކޮންމެ ތަނެއްގެ ވެރިއަކަށް ދޭނެ ސިޓީއަކަށެވެ. އެއީ އޭރުން އޭނާއަށް އީސާގެފާނު އެންގެވި މަގުން އުޅޭ އަންހެނަކަސް އަދި ފިރިހެނަކަސް ހައްޔަރުކޮށްގެން ޖެރޫސަލަމަށް ގެނައުމަށް ބާރު ހޯދުމަށްޓަކައެވެ.
ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.