Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 5:13 - ކިތާބުލް މުޤައްދަސާ

13 އެންމެ ހާ މީސްތަކުންގެ ދުލުން އީސާގެފާނަށް އީމާންވެގެންވީ މީހުންނާއި މެދު ހެޔޮބަސްތައް ބުނެ، އަދި މީސްތަކުން އެމީހުންނަށް ކަމޭ ހިތި ނަމަވެސް އެމީހުންގެ ތެރޭ ނުހިމެނޭ އެކަކަށް ވެސް، އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ ޖަމާޢަތުގައި ބައިވެރިވުމަކަށް ނުކެރެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 5:13
19 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެމީހުންނަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެއީ މީސްތަކުން އެކަލޭގެފާނު ކިޔަވާ ދެއްވަމުން ގެންދެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ގަބޫލުކޮށް އެއަށް ފަރުވާ ބަހައްޓާލެއް ބޮޑު ކަމުންނެވެ.


އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކު ވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކު ވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކު ވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.


އަރިމާތެއާއިން އައިސް ހުރި ޔޫސުފަކީ ސިއްރިއްޔާތުގައި އީސާގެފާނުގެ އަސްޙާބީއެއްގެ ގޮތުގައި އުޅުނު މީހެކެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. މީނާ ޕިލާތުސްގެ ކިބައިން އީސާގެފާނުގެ ހަށިކޮޅު ނަގައިގެން ގެންދިއުމުގެ ހުއްދައަށް އެދުނެވެ. ޕިލާތުސް އެ ހުއްދަ ދިނުމުން އޭނާ އައިސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސްފިއެވެ.


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ.


އެބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް އަދި މީސްތަކުންގެ ކިބައިން އެމީހުންނަށް ލިބެމުން ދިޔަ ރަނގަޅު ނަމާއި ހެޔޮބަސްތަކުގެ މައްޗަށް އުފާކޮށް އުޅުނެވެ. މާތްރަސްކަލާނގެ އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަ ކުރައްވަމުން ދިޔައެވެ.


މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.


ދެން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިމީހާ އޭނާގެ ސިފައިން ގޮވައިގެން ގޮސް އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ގެންދިޔައެވެ. ނަމަވެސް އެމީހުން މި ފަހަރަކު އެއްގޮތަކަށް ވެސް ބާރުގެބޭނުމެއް ނުކުރެއެވެ. އެއީ ސިފައިން އީސާގެފާނުގެ މަންދޫބުންނާ ދޭތެރޭ ހަރުކަށިކޮށް ކަން ކުރަނިކޮށް ފެނިއްޖިއްޔާ އެތާނގައިވާ މީސްތަކުން ގާ އުކާ އެ ސިފައިން މަރާލަފާނެތީ ގަންބިރަށެވެ.


އޭނާ މި ބަސްތަކުގެ އަޑު އިވުމުން ބިންމައްޗަށް ވެއްޓި ހަމައެވަގުތު މަރުވިއެވެ. މި ވީ ކަންތަކުގެ އަޑު އިވި މީސްތަކުންގެ މެދުގައި ބިރުވެތިކަން ފެތުރުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ