Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:6 - ކިތާބުލް މުޤައްދަސާ

6 އުއްތަމަ އިމާމު ހަންނާނު އާއި ކައިފާސް އާ ޔޫޙަންނާ އާއި އިސްކަންދަރާއި އަދި މިނޫނަސް އުއްތަމަ އިމާމުގެ އާއިލާގައި ހިމެނޭ އެހެން ވެސް ބައެއް ފިރިހެނުން އެތަނުގައި ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:6
7 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ.


އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ. އެދުވަސްވަރު މާތްރަސްކަލާނގެ ވަޙީގެ ބަސްފުޅު ޔަޙުޔާގެފާނަށް ފޮނުއްވިއެވެ. ޔަޙުޔާގެފާނު އޭރު މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދެވިއެވެ.


ދެން އޭގެތެރެއިން އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސް ބުންޏެވެ. ”⁠ކަލޭމެން ތިޔަ ދައްކަނީ ކޮންފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް؟


އޭރު ވެސް އީސާގެފާނު ވަނީ ބަނދެވިފައެވެ. ދެން ހަންނާނު އީސާގެފާނު ކައިފާސްގެ އަރިހަށް ގެންދިއުމަށް އެންގިއެވެ.


ޕަތަރަސްއާއި ޔޫޙަންނާ މި އެންމެންގެ ކުރިމައްޗަށް ގެނެސް އެމީހުންނާއި ސުވާލު ކުރެވުނެވެ. ”⁠ކަލޭމެން ތިޔަ ކުރި ކަންތައްތައް ތިޔަ ކުރަނީ ކޮންފަރާތަކުން ލިބުނު ބާރަކާއި ހުއްދައަކަށް ތަ؟⁠“


އީސާގެފާނުގެ މަންދޫބުން މި މަލާއިކަތާގެ ބަސްފުޅު އަހާ ކިޔަމަންވެ ފަތިހުގެ ވަގުތުގައި އިރުއެރުމުގެ ކުރިން ގޮސް ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވާދިނުމަށް ފެށިއެވެ. އުއްތަމަ އިމާމާއި އޭނާގެ ބައިގެމީހުން ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ މެމްބަރުންނަށް އަންގާ އެމީހުން އެއް ކުރިއެވެ. އެ ކޯޓުގައި ބަނީއިސްރާއީލުގެ އެންމެ މުހިންމު ދީނުގެ ބޮޑުން ވެސް ހިމެނުނެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އެކޯޓަށް ގެނައުމަށްޓަކައި ބަޔަކު ޖަލަށް ފޮނުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ