Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:34 - ކިތާބުލް މުޤައްދަސާ

34-35 އެމީހުންނަށް އެއްވެސް އެއްޗަކަށް ދައްޗެއް ނުވެއެވެ. އެއީ އެމީހުންގެ ތެރެއިން ބިމާއި ގޯތި ގެދޮރު ހުރި މީހުން އެމީހުންގެ ބިން ނުވަތަ ގެ ވިއްކާލާ ލިބުނު ހުރިހާ ފައިސާ ގެނެސް އީސާގެފާނުގެ މަންދޫބުންގެ އަތަށް ދެއެވެ. އަދި މަންދޫބުން އެމީހުންގެ ތެރެއިން ބޭނުމަކު ޖެހިފައިވާ މީހުންނަށް އެފައިސާ ބަހާލައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:34
14 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.⁠“


އެ ފިރިހެނާ އާއި ދިމާއަށް އީސާގެފާނު ފުން ލޯތްބާއެކު ބައްލަވާލައްވާ އެމީހާއަށް ވިދާޅުވިއެވެ. ”⁠ތިބާ ކުރަންޖެހޭ އޮތީ ހަމައެކަނި އެންމެ ކަމެއް. ތިބާގެ މިލްކުގައިވާނަމަ ވާހައި މުދަލެއް ވިއްކާލާ. އަދި އެ ފައިސާ ފަގީރުންނަށް ހޭދަކުރޭ. އޭރުން ތިބާއަށްޓަކައި ސުވަރުގޭގެ މުއްސަނދިކަން ލިބިގެންވާނެ. އެއަށް ފަހު އަހަރެންނާއިއެކުގައި ވުމަށް އާދޭ.⁠“


ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.


އަހަރެން ބުނަންތަ؟ ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.


ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ފައިސާއެއް، ދަބަހެއް، އަދި ފައިވާނަކާ ނުލާ އަހަރެން ކަލޭމެން ފޮނުވި ފަހަރު ކަލޭމެންނަށް އެއްވެސް އެއްޗަކަށް ދަތިވި ތަ؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދައްޗެއް ނުވޭ.⁠“


އެމީހުންގެ މުދަލާ އެހެން ވެސް ތަކެތި ވިއްކައިގެން އެ ލިބުނު ލާރި އެމީހުންގެ ތެރެއިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ދީ ހެދިއެވެ.


މިފަދައިން ތިޔަބައިމީހުންގެ އަމަލުތައް ބެހެއްޓެމުން އީމާންތެރިކަމުގައިނުވާ ފަރާތްތައް ވެސް ތިޔަބައިމީހުންނާއިމެދު ޤަދަރު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ ބޭނުން ތަކާއިމެދު އަނެކުންނަށް ބަރޯސާ ކުރާކަށް ނުޖެހޭނެއެވެ.


މިގޮތައް އަމަލު ކުރުމުން އެމީހުންގެ މުސްތަގުބަލަށްޓަކައި ރަނގަޅު ބިންގަލެއް އެޅި ޚަޒާނާތައް ގުދަން ކުރެވި ޙަޤީޤީ ޙަޔާތް ދެމެހެއްޓިގެން ދާނެއެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ