Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:32 - ކިތާބުލް މުޤައްދަސާ

32 އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:32
21 ပူးပေါင်းရင်းမြစ်များ  

މިހާރު އަޅުގަނޑު މިދަނީ އިނބަރަސްކަލާނގެ ޙަޟްރަތަށް. އަޅުގަނޑަކީ މިހާރު ދުނިޔޭގައި ނެތް މީހެއް. އެކަމަކު އެމީހުން އެ ވަނީ މި ދުނިޔޭގައި. ކީރިތި ބައްޕާފުޅު! އަޅުގަނޑަށް ދެއްވި އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުން އެމީހުންނަށް ރައްކާތެރިކަން ދެއްވާށި! އެއީ އިނބަރަސްކަލާނގެއާއި އަޅުގަނޑަކީ އެކައްޗެއް ކަމުގައި ވާ ފަދައިން އެމީހުންނަކީ ވެސް އެކައްޗެއް ކަމުގައި ވުމަށް.


މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.


މިއަށް ފަހު ދުވަސްކޮޅެއް ފަހުން، ބަނީއިސްރާއީލު މީހުންގެ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރުމަށްޓަކައި އެކި ރަށްތަކުން އެ ދީނުގެ ވަރަށް ގިނަ މީހުން ޖެރޫސަލަމަށް އައެވެ. މާތް ސާހިބު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ވެސް އެ ރަށުގެ ގެއެއްގައި އެއްވިއެވެ.


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ މެދުގައި އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތަކެއް ކުރަމުން ދިޔައެވެ. އަދި މާތްސާހިބާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގައިވާ ސުލައިމާނުގެފާނުގެ ފެންޑާ އޭ ކިޔޭ ތަނަށް އެއްތަންވެ ޖަމާވަމުން ގެންދިޔައެވެ.


މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.


ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ