މަންދޫބުންގެ މަސައްކަތް 4:31 - ކިތާބުލް މުޤައްދަސާ31 އެމީހުން ދުޢާ ކޮށް ނިމުނުވަގުތު ދުޢާ ކުރުމަށް އެމީހުން އެއްވެތިބި ތަން ގުޑައިގެން ދިޔައެވެ. އަދި އެމީހުންގެ މައްޗަށް މާތްރޫޙުފުޅުގެ ބާރުފުޅު ވެރިވިއެވެ. އެއަށް ފަހު ބިރެއް ނެތި އެމީހުން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް ހާމަކޮށް ކިޔާދެމުން ގެންދިޔައެވެ. အခန်းကိုကြည့်ပါ။ |
ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.
ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.
ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުންމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައި ވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ.