Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:29 - ކިތާބުލް މުޤައްދަސާ

29 މާތްރަސްކަލާކޯ! އެމީހުން އެކުރާ އިންޒާރުތަކުގެ އަޑު އައްސަވާ ވޮޑިގަންނަވާ. އިނބަރަސްކަލާނގެ ޚާދިމުން ކަމުގައިވާ އަޅަމެންނަށް ބިރެއް ނެތި އިނބަރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމަށް ބާރުދެއްވާފާނދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:29
27 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.


ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.


އަޅުގަނޑު މި ވާހަކަދައްކަނީ މިނިވަން ކަމާއި އެކު ކެރިހުރެގެން. އެއީ މިހުރިހާ ކަމެއް ވެދިޔަ ކަން އަގިރިފާ ރަސްގެފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ. އެއީ މި ކަންތައްތައް ވެދިޔައީ ސިއްރުން އެއްކަނެއްގައި ފޮރުވިގެންވާ ފަދައަކުން ނޫން.


އޭނާ ބިރަކާއި ނުލާ ކެރިގެން މާތްރަސްކަލާނގެ ރަސްކަންފުޅާ މެދުއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައި ދެމުން ދިޔައެވެ. އަދި އެއްވެސް މީހަކު އޭނާ މި ކަން ކުރުން މަނާކޮށް ހުއްޓުވުމަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.


ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.


މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.


އެމީހުން ދުޢާ ކޮށް ނިމުނުވަގުތު ދުޢާ ކުރުމަށް އެމީހުން އެއްވެތިބި ތަން ގުޑައިގެން ދިޔައެވެ. އަދި އެމީހުންގެ މައްޗަށް މާތްރޫޙުފުޅުގެ ބާރުފުޅު ވެރިވިއެވެ. އެއަށް ފަހު ބިރެއް ނެތި އެމީހުން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް ހާމަކޮށް ކިޔާދެމުން ގެންދިޔައެވެ.


ނަމަވެސް ބަރުނައްބާސް ޝާއުލްގެ ބަހަށް އިތުބާރުކޮށް އޭނާ އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެންގޮސް ދިނެވެ. އަދި އެމީހުންނަށް ޝާއުލް ދިމިޝްޤަށް ދިޔަ މަގުމަތީ އޭނާއަށް އީސާގެފާނު ފާޅުވީ ގޮތުގެ ޚަބަރުދީ އަދި ޝާއުލް މުޅި ދިމިޝްޤުގައި ބިރެއްނެތި ސާބިތުކަމާއި އެކު އީސާގެފާނުގެ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިން ގޮތް ކިޔާދީ ޚަބަރު ދިނެވެ.


މި ޚަބަރުތައް އަހާ އީސާގެފާނުގެ މަންދޫބުން ޝާއުލް އަށް އިތުބާރު ކުރިއެވެ. އޭގެ ފަހުން ޝާއުލް އެމީހުންނާއި އެކު ހުރިހާ ތާކަށް ވެސް ދެއެވެ. އަދި ޝާއުލް މުޅި ޖެރޫސަލަމުގެ ތެރޭގައި އީސާގެފާނާއި ބެހޭ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް ބިރެއްނެތި ސާބިތުކަމާއި އެކު މީސްތަކުންނަށް އަންގައިދެމުން ގެންދިޔައެވެ.


އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ