Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:27 - ކިތާބުލް މުޤައްދަސާ

27 އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:27
53 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ.


މީގެ ދުވަސްތަކެއް ކުރީގައި ހެރޮދު ވަނީ ޔަޙުޔާގެފާނު ހައްޔަރުކޮށް ގެންގޮސް ޖަލަށްލާފައެވެ. މިފަދައިން ހެރޮދު ކަންތައް ކުރި ސަބަބަކީ ހެރޮދުގެ އަންހެނުން ހެރޯދިޔާސް އަކީ ހެރޮދުގެ ކޮއްކޮ ފިލިޕުގެ ކުރީގެ އަންހެނުން ކަމަށް ވާތީ އެކަމާ ދެކޮޅަށް ޔަޙުޔާގެފާނު ހެރޮދު އާއި ދިމާލަށް މިފަދައިން ވިދާޅުވެފައިވާތީއެވެ. ”⁠ތިބާގެ ކޮއްކޮގެ އަނބިމީހާ އާއި ތިބާ ކައިވެނި ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއް.⁠“


ހެރޮދުގެ އުފަންދުވަހު ހެރޯދިޔާސްގެ އަންހެންދަރިފުޅު ހެރޮދަށް ޓަކައި އެންމެންގެ ކުރިމަތީގައި ނަށައި ދިނެވެ. މިކަމާއި ހެރޮދު ނުހަނު ހިތްހަމަޖެހި އުފާ ވިއެވެ.


”⁠މިކަމާއި މެދު ތިޔަބައިމީހުންގެ ވިސްނުން ހުރީ ކިހިނަކުން: ދެ ފިރިހެން ދަރިން ތިބި މީހަކު އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ކައިރިއަށް ގޮސް ބުނި. ’⁠ދަރިފުޅާއޭ މޭބިސްކަދުރު ދަނޑަށް ގޮސް މިއަދު މަސައްކަތް ކޮށްލައިދޭށޭ.⁠‘


”⁠ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެން ވަނީ މާތް ރަސްކަލާނގެ ފޮނުއްވި ނަބީންތައް މަރާލާފައި. އަދި ރަސޫލުންތައް ރަޖަމުކޮށްފައި. ކުކުޅެއް އޭގެ ފިޔޮށްތައް ފިޔަގަނޑުގެ ދަށަށްލާ ރައްކާތެރިކަން ދޭ ފަދައިން ކަލޭމެން އެއްކޮށް ކަލޭމެންނަށް ޙިމާޔަތްތެރިކަން ދިނުމަށް އަހަރެން އުޅެފިން. ނަމަވެސް މިހާތަނަށް އެ ފުރުސަތު ކަލޭމެން ވަނީ އަހަރެންނަށް ނުދީފަ.


ދެން އެބައިމީހުން އެކަލޭގެފާނު ބެންނެވިއެވެ. އަދި އެކަލޭގެފާނު ރޯމުގެ ގަވަރުނަރު ޕިލާތުސްގެ ކައިރިއަށް ގެންދެވިއެވެ.


އެބޭކަލުންނާ މުޚާތަބު ކުރައްވާ އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ވިސްނާ! އަހަރެމެން މިދަނީ ޖެރޫސަލަމަށް. އެތަނުގައި އިންސާނާގެ ދަރިކަލުން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޙަވާލުކުރެވޭނެ. އަދި އެބައިމީހުން އޭނާ މަރާލުމަށް ޙުކުމް ކުރާނެ. އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރާނެ.


މިގޮތުގެ މަތިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ވެސް އެއްބޭކަލަކު އަނެއް ބޭކަލަކާއި އެކުވެގެން އީސާގެފާނަށް މަލާމާތްކޮށް ބުނަމުން ދިޔައެވެ. ”⁠އޭނާއަށް އެހެނިހެން މީހުން ސަލާމަތް ކޮށްދެވުނަސް އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ސަލާމަތެއް ނުކުރެވޭނެ!


މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު.


އީސާގެފާނު ބެލެހެއްޓުމަށް ހަވާލުވެގެން ތިބި މީހުން އެކަލޭގެފާނަށް މަލާމާތް ކޮށް އަނިޔާކުރަން ފެށިއެވެ.


ދެން މިއަށް ފަހު މި ކޯޓުގައި ވީ އެންމެން އީސާގެފާނު ގޮވައިގެން އެތަނުން ރޯމުގެ ވެރިޔާ ޕިލާތުސްގެ ގާތަށް ދިޔައެވެ.


”⁠އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އަހަރެން ބުނާ ބަސް ގަބޫލުނުކޮށް އަދި އެމީހުންގެ އަތުން އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަންނަށް އެތައް އަނިޔާއެއް ލިބޭނެ. އަދި އަހަރެން މަރާލެވޭނެ. ނަމަވެސް މަރުވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަހަރެން އަލުން ދިރުއްވޭނެ.⁠“


އެކަލޭގެފާނުގެ އަމިއްލަފުޅު ޤައުމަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ޚުދު އެކަލޭގެފާނުގެ މީސްތަކުން ވެސް އެކަލޭގެފާނަކަށް މަރުޙަބާއެއް ނުކިއެވެ.


އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟


ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.


އެހެން ކަމުން ގަވަރުނަރު ޕިލާތުސް އެތަނުގެ ބޭރަށް ނުކުމެ އެމީހުން ކުރެން ސުވާލު ކުރިއެވެ. ”⁠މިމީހާއާއި ދޭތެރޭ ކަލޭމެން ކުރާ ދައުވާއަކީ ކޮބާ؟⁠“


ނަމަވެސް އެތަނުން ސިފައިންގެ މީހަކު އެކަލޭގެފާނުގެ އަރިކަށިފުޅަށް ލޮންސިއެއް ހަރާލިއެވެ. އެއާއެކު އެކަލޭގެފާނުގެ ހަށިކޮޅުން ލެއާއި ފެން ފައިބައިގަތެވެ.


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން މަރުވުމަށް ފަހު ކަށްވަޅުގައި ގިނަ ދުވަސްތަކަކަށް އޮތުމަކަށް އިނބަރަސްކަލާނގެ ދޫކޮށެއް ނުލައްވާނޭ. އިނބަރަސްކަލާނގެ އެކަލޭގެފާނުގެ ހަށިކޮޅު ފަނާވެ ދިޔުމަކަށް ދޫކޮށެއް ނުލައްވާނޭ.


އަދި މީސްތަކުންގެ ބަލިތަކަށް ޝިފާ ދެއްވާ މުޢުޖިޒާތްތައް ދައްކަވާ އިނބަރަސްކަލާނގެ މާތް ޚާދިމު އީސާގެފާނު މެދުވެރިކުރައްވާ އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅު މީސްތަކުންނަށް ދައްކަވާފާނދޭ.⁠“


އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ