Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:26 - ކިތާބުލް މުޤައްދަސާ

26 ދުނިޔޭގެ ރަސްރަސްކަލުން ހަނގުރާމަތަކަށް ތައްޔާރުވެއޭ. އަދި ދުނިޔޭގެ ވެރިން އެކުވެ މަތިވެރި ސާހިބާ އާއި އެކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙާއި ދެކޮޅަށް ކަންތައްތައް ރާވައޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:26
14 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


ހެޔޮކަންތަކަށް ކަލޭގެފާނު ލޯބިވެ ވަޑައިގަންނަވައެވެ. ކަލޭގެފާނު ނަފްރަތު ކުރައްވަނީ ނުބައި ކަންތަކަށެވެ. އެހެންކަމުން ތިމަން ކަލާނގެ، ކަލޭގެފާނުގެ ކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރެއްވީމުއެވެ. އަދި މިހާތަނަށް ކަލޭގެފާނުގެ އެއްވެސް ބައިވެރިޔަކަށް ތިމަން ކަލާނގެ ދެއްވާފައި ނުވާފަދަ ޝަރަފަކާއި އުފާވެރިކަމެއް ދެއްވީމުއެވެ.⁠“


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


އެއަށް ފަހު، ހަރުއަޑަކުން ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަތުވެއްޖެ! މި ހިނދު މާތްރަސްކަލާނގެ، އެކަލާނގެ ދިންނެވުމާއި، ކުޅަދުންވަންތަކަމާއި އަމުރުވެރިކަމާއި އަދި ރަސްކަންފުޅާއި އެކަލާނގެ ހާއްސަކުރެއްވި އަލްމަސީޙުގެ އަމުރު މަޢުރޫފުވެރިކަން އައިއްސި. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ރޭގަނޑާއި ދުވާލު އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ތުހުމަތު ކުރި ޝައިތާނާ މި ހިނދު އެ ވަނީ ދުނިޔޭގެ ތެރެއަށް އެއްލާލެވިފަ!


އެހެނީ މާތްރަސްކަލާނގެ ވަނީ އެރަސްރަސްކަލުންގެ ވިސްނުމުގެ ތެރެއަށް އެކަލާނގެ ރޭވުންތައް އަޅުއްވާފައި. އެއީ އެރަސްރަސްކަލުންނަށް ލިބިފައިވާ ބާރާއި އަމުރުވެރިކަން ގަދަ ރަތްކުލައިގެ ދާއްބައަށް ދޭން ބޭނުންވާނެ ގޮތަށް. ވީމާ މާތްރަސްކަލާނގެ ބަސްފުޅުތައް ފުރިހަމަ ވަންދެން އެގޮތަށް އެރަސްރަސްކަލުން އަމަލުކުރާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ