Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:19 - ކިތާބުލް މުޤައްދަސާ

19 އެކަމަކު ޕަތަރަސްއާއި ޔޫޙަންނާ އެމީހުންނަށް ދެންނެވިއެވެ. ”⁠ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. އަޅުގަނޑުމެން ކިޔަމަން ވާންވީ ތިޔަބޭފުޅުންނަށް ތޯ ނުވަތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތޯ؟

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:19
30 ပူးပေါင်းရင်းမြစ်များ  

އެކަމަކު މި ފޫޅުމައިން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ފިރުޢައުނު ރަސްގެފާނު އެންގެވި ގޮތެއް ނުހެދިއެވެ. އެމީހުން އެ ފިރިހެން ދަރިންނެއް ނުމެރިއެވެ.


އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠ކައިސަރުގެ.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކައިސަރުގެ ތަކެތި ކައިސަރުއަށް ދީ. މާތްރަސްކަލާނގެ ކިބަފުޅަށް މިލްކުވެގެންވީ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށަހަޅާ.⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޕަތަރަސް އާއި ޔޫޙަންނާއަށް ވިދާޅުވި އެވެ. ”⁠މި ޢީދުގެ ޚާއްސަ ކެއުން ތައްޔާރު ކުރުމަށްޓަކައި ދޭ.⁠“


ބޭރުފުށަށް ބާލާފަ ކަންތަކަށް ފާޑު ނުކިޔާ! ކަމުގެ ދޮގުތެދު ބަލާފަ ފާޑުކިޔާ.⁠“


ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.


”⁠އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟⁠“


ޕަތަރަސްއާއި އެހެން ވެސް މަންދޫބުން މި ފަދައިން ބުނެ ޖަވާބުދިނެވެ. ”⁠އަޅުގަނޑުމެން ކިޔަމަން ވަނީ އިންސާނުންގެ ބަސްތަކަކަށް ނޫން. އަޅުގަނޑުމެން ކިޔަމަން ވަނީ މާތްރަސްކަލާނގެ ބަސްފުޅަށް.


ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.


މިގޮތުގެ މަތިން ދެންނެވުމުން އަހަރެމެން ދިންނަވާ ފަރާތްކަމުގައިވާ މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިދޭނެއެވެ.


މޫސާގެފާނުގެ މައިންބަފައިންގެ ހުރި އީމާންކަމުގެ ސަބަބުން އެކަލޭގެފާނު އުފަންވުމަށް ފަހު ތިން މަސް ވަންދެން ފޮރުވައިގެން ގެންގުޅުނެވެ. އެކުއްޖާގެ ރީތިކަން ފެނި ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމަކަށް އެ މައިންބަފައިން ޖެހިލުމެއް ނުވިއެވެ.


މިފަދައިން ކަލޭމެން އަމަލު ކޮށް މީސްތަކުންގެ މެދުގައި ތަފާތުކުރާ ކަމުގައިވާނަމަ ކަލޭމެން އެކަންތައް ކުރަނީ ނުބައި މަގުސަދެއްގައި ނޫންހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ