Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:17 - ކިތާބުލް މުޤައްދަސާ

17 ނަމަވެސް މި ކަން އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި އެމީހުންނަށް ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަން ގަނެ އެއްވެސް ވާހަކައެއް މީސްތަކުން ގާތު ނުދެއްކުމަށް އިންޒާރު ކުރަމާ ހިނގާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:17
25 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ އޭނާގެ މަހާނަ ފަރުވާތެރިކަމާއެކު ތިން ދުވަސް ވަންދެއް ބެލެހެއްޓުމަށް ފާރަވެރިންނަށް އަމުރު ކޮށްދެއްވާ. އޭރުން އޭނާގެ އަސްޙާބީންނަށް އޭނާގެ ހަށިގަނޑު ވަގަކަށް ނުނެގޭނެ. އަދި އޭނާ އަލުން ދިރިގެން އަތުވެއްޖެ ކަމުގައި މީސްތަކުންގެ ކައިރީގައި ބުނެ އެމީހުން ހަދާނެ ދޮގު އެންމެ ފުރަތަމަ އޭނާ ހެދި ދޮގަށް ވުރެ މާ ނުބައިވާނެ.⁠“


އެވަގުތު އެމީހުންގެ ލޯތައް ހުޅުވި ލޮލަށް ފެންނަން ފެށިއެވެ. އީސާގެފާނު އެބައިމީހުންނަށް އިންޒާރު ކުރެއްވިއެވެ. ”⁠އެއްވެސް މީހެއްގެ ކައިރީގައި މި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ބުނެގެން ނުވާނެ.⁠“


ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ.


މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.


މި ވާހަކަތަކުގެ އަޑު އިވުމުން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިޔާއާއި ބޮޑު އިމާމުންނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގި ވާނުވާއެއް ނޭނގި ހައިރާންވިއެވެ.


”⁠އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟⁠“


ހަމަ މިގޮތުގެމަތިން ސާހިބުންނޭވެ. ތިޔަބައިމީހުންގެ އަޅު ނޯކަރުންނާއިމެދު މި އުސޫލުން އަމަލުތައް ބަހައްޓާށެވެ. އެ ނޯކަރުންނަށް ބިރު ނުދައްކާށެވެ. ހަނދާންކުރާންވީ، އަޅުންނާއި ސާހިބުންގެ ވެސް ވެރިފަރާތަކީ އުޑުގައިވާ ސާހިބާ ކަމެވެ. އަދި އެކަލޭގެފާނީ ވަކި މީހަކަށް ތަފާތު ކުރެއްވުމެއްނެތި އިންސާފު ކުރައްވާނެ ފަރާތެވެ.


އެއީ ތިޔަބައިމީހުން މެދުވެރިކޮށް މެސެޑޯނިޔާއާއި އަކޭޔާގެ އެންމެންނަށް މާތް ސާހިބާއާއި ބެހޭ ޚަބަރުފުޅު ދިނުމުން އެކަންޏެއްމެ ނޫނެވެ. އަދި މީގެ އިތުރުން މާތްރަސްކަލާނގެ އާއި މެދުގައި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމުގެ ޚަބަރު އެންމެހައި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީތީ ވެސްމެއެވެ. ވީމާ އިތުރަށް އަހަރެމެން ބުނަންޖެހޭ ވާހަކައެއް ނެތެވެ.


އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ