Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 4:13 - ކިތާބުލް މުޤައްދަސާ

13 ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 4:13
22 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


އެއަށް ފަހު ޕަތަރަސް މައިދޮރާށި ކައިރީގައި ހުއްޓާ ނޯކަރު އަންހެންކުއްޖަކަށް އޭނާ ފާހަގަ ކުރެވިގެން އައިސް އެތަނުގައި ތިބި މީހުންގެ ކައިރީގައި ބުންޏެވެ. ”⁠މި މީހާ އަކީ ނާޒަރަތުގެ އީސާގެފާނާއި އެކު އުޅުނު މީހެއް.⁠“


އޭގެ ކުޑަހިނދުކޮޅެއްގެ ފަހުން އެތަނުގައި ތިބި މީހުންގެ ތެރެއިން މީހަކު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. ”⁠ކަލެއަކީ ހަމަ ޔަޤީނުން ވެސް އެމީހުންގެ ތެރެއިން ހިމެނޭ މީހެއް. އެހެނީ ކަލޭ ވާހަކަ ދައްކަނީ ގަލީލީ މީހުންގެ ބަހުރުވައިން.⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޕަތަރަސް އާއި ޔޫޙަންނާއަށް ވިދާޅުވި އެވެ. ”⁠މި ޢީދުގެ ޚާއްސަ ކެއުން ތައްޔާރު ކުރުމަށްޓަކައި ދޭ.⁠“


އެ ހިނދު އީސާގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނު ލޯބިފުޅުވާ އަސްޙާބީ އެތާނގައި ތިއްބެވިތަން ފެނުމުން މަރިޔަމްގެފާނަށް ވިދާޅުވިއެވެ. ”⁠މާތް އަންހެނާ! ތިހިރީކަމަނާގެ ދަރިފުޅު.⁠“


ބަނީއިސްރާއީލުގެ ވެރިންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެމީހުން ބުންޏެވެ. ”⁠މީނާއަށް މިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟! މީނާއަކީ އަހަރެމެން ކިޔެވި ފަދައިން ދީން ކިޔަވާފައި ހުރި މީހެއް ވެސް ނޫން.⁠“


ނުވެއެއްނު! ތިޔަ މީހުންތަކަކީ މާތްރަސްކަލާނގެ ބާވައިލެއްވި ޤާނޫނުތައް ނޭނގޭ ޖާހިލުން. އެމީހުންނަށް ވަނީ ލަޢުނަތް ލެއްވިގެން.⁠“


އެކަމަކު މި ވެދިޔަ ކަންތައްތަކަކީ ދޮގެއް ކަމަކަށް ވެސް އެމީހުންނަކަށް ބުނެވޭކަށް ނެތެވެ. އެއީ އެ ވާވެފައި ވީ މީހާ މުޅިން ރަނގަޅު ވެ އެހެރީ އެމީހުންގެ ކުރިމަތީ ކޮޅަށެވެ.


އެކަމަކު ޕަތަރަސްއާއި ޔޫޙަންނާ އެމީހުންނަށް ދެންނެވިއެވެ. ”⁠ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. އަޅުގަނޑުމެން ކިޔަމަން ވާންވީ ތިޔަބޭފުޅުންނަށް ތޯ ނުވަތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތޯ؟


މާތްރަސްކަލާކޯ! އެމީހުން އެކުރާ އިންޒާރުތަކުގެ އަޑު އައްސަވާ ވޮޑިގަންނަވާ. އިނބަރަސްކަލާނގެ ޚާދިމުން ކަމުގައިވާ އަޅަމެންނަށް ބިރެއް ނެތި އިނބަރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމަށް ބާރުދެއްވާފާނދޭ.


އެމީހުން ދުޢާ ކޮށް ނިމުނުވަގުތު ދުޢާ ކުރުމަށް އެމީހުން އެއްވެތިބި ތަން ގުޑައިގެން ދިޔައެވެ. އަދި އެމީހުންގެ މައްޗަށް މާތްރޫޙުފުޅުގެ ބާރުފުޅު ވެރިވިއެވެ. އެއަށް ފަހު ބިރެއް ނެތި އެމީހުން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް ހާމަކޮށް ކިޔާދެމުން ގެންދިޔައެވެ.


ނަމަވެސް ބަރުނައްބާސް ޝާއުލްގެ ބަހަށް އިތުބާރުކޮށް އޭނާ އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެންގޮސް ދިނެވެ. އަދި އެމީހުންނަށް ޝާއުލް ދިމިޝްޤަށް ދިޔަ މަގުމަތީ އޭނާއަށް އީސާގެފާނު ފާޅުވީ ގޮތުގެ ޚަބަރުދީ އަދި ޝާއުލް މުޅި ދިމިޝްޤުގައި ބިރެއްނެތި ސާބިތުކަމާއި އެކު އީސާގެފާނުގެ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިން ގޮތް ކިޔާދީ ޚަބަރު ދިނެވެ.


މި ޚަބަރުތައް އަހާ އީސާގެފާނުގެ މަންދޫބުން ޝާއުލް އަށް އިތުބާރު ކުރިއެވެ. އޭގެ ފަހުން ޝާއުލް އެމީހުންނާއި އެކު ހުރިހާ ތާކަށް ވެސް ދެއެވެ. އަދި ޝާއުލް މުޅި ޖެރޫސަލަމުގެ ތެރޭގައި އީސާގެފާނާއި ބެހޭ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް ބިރެއްނެތި ސާބިތުކަމާއި އެކު މީސްތަކުންނަށް އަންގައިދެމުން ގެންދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ