Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 3:7 - ކިތާބުލް މުޤައްދަސާ

7 ދެން ޕަތަރަސް އެމީހާގެ ކަނާއަތުގައި ހިފާ ނެގިއެވެ. އެވަގުތު އޭނާގެ ފައިގައި ބާރުޖެހުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 3:7
9 ပူးပေါင်းရင်းမြစ်များ  

ޝަމްޢޫނުގެ މައިދައިތަ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި އެކަނބުލޭގެ އަތުގައި ހިއްޕަވާ ކޮޅަށް ތެދުކުރުމަށް އެހީތެރިވެ ވަޑައިގަތެވެ. އެ ހިނދު އެކަނބުލޭގެ ހުންފިލައި ރަނގަޅުވިއެވެ. އަދި އެކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އެކަލޭގެފާނު އެ އަންހެންކުއްޖާގެ އަތުގައި ހިއްޕެވުމަށް ފަހު އެކުއްޖާއަށް ވިދާޅުވިއެވެ. ”⁠ތަލީތާ ކޮއުމް⁠“ މާނައީ ”⁠ކުޑަ ކަނބުލޯ، ތެދުވުމަށް އަހަރެން އަމުރުކުރަން!⁠“


ނަމަވެސް އީސާގެފާނު އެ ފިރިހެން ކުއްޖާގެ އަތުގައި ހިއްޕަވާ އެ ކުއްޖާ ކޮޅަށް ނެންގެވުމަށް އެހީތެރިވެ ދެއްވިއެވެ. އަދި އޭނާ ކޮޅަށް ތެދުވިއެވެ.


އެކަލޭގެފާނުގެ ދެ އަތްޕުޅުން އޭނާގެ ގައިގައި އަތްލެއްވިއެވެ. ހަމަ އެހިނދުން އޭނާގެ ހަށިގަނޑު ސީދާވެއްޖެއެވެ. އަދި އެ އަންހެންމީހާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރިއެވެ.


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠އަހަރެންގެ އަތުގައި ކަލެއަށް ދޭނެ އެއްވެސް ލާރިއެއް ނެތް. އެކަމަކު އަހަރެންނަށް ދެވެން އޮތް އެއްޗެއް ކަލެއަށް އަހަރެން ދީފާނަން. ނާޒަރަތުގެ އީސާ އަލްމަސީޙުގެ ނަންފުޅުގެ ބާރުގައި ތެދުވެ ހިނގާ.⁠“


ދެން އޭނާ ފުންމައިގެން ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގަން ފެށިއެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ޕަތަރަސްއާއި ޔޫޙަންނާ އާއި އެކު ބައިތުލް މަޤްދިސްގެތެރެއަށް ދިޔައެވެ.


އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އަހަރެމެން މި ދެ މީހުންނާ ދޭތެރޭ ކަން ކުރާނީ ފަހެ ކިހިނެއް ތަ؟ މުޅި ޖެރޫސަލަމުގެ އެންމެންނަށް ވެސް އެމީހުން އެދެއްކީ އަޖައިބު ވާ ފަދަ މުޢުޖިޒާތެއް ކަން ޔަޤީންވެ. އަހަރެމެންނަށް ވެސް އެކަން އެ ގޮތަށް ނުވެއެކޭ ބުނެވޭކަށް ނެތް.


އަޅުގަނޑުމެންނާއި މިއަދު ސުވާލު ތިޔަ ކުރެވެނީ ވާވެފައިވާ ނުހިނގޭ މީހަކަށް ކޮށްދެވުނު ހެޔޮކަމަކާއި ބެހޭ ގޮތުން ތޯ؟ އަޅުގަނޑުމެން ކުރެން ތި ސުވާލު ކުރެވެނީ އޭނާ ރަނގަޅު ކުރީ ކާކުކަމާއި ބެހޭ ގޮތުން ތޯ؟


ދެން ޕަތަރަސް އޭނާގެ އަތުގައި ހިފާ އޭނާ ކޮޅަށް ތެދުވުމަށް އެހީވިއެވެ. ދެން ހުރިހާ ފިރި މަރުވެފައިވީ އަންހެނުންނާއި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް އެ ކޮޓަރިއަށް އައުމަށް ބުންޏެވެ. އަދި އެމީހުންނަށް ތަބިތާ މަރުވުމަށް ފަހުން އަލުން ދިރިގެންވާ ތަން ދެއްކިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ